Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފްލެޓްތަކަށް މީހުން ވަންނަންވާއިރަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕްތައް އިތުރުކުރަން އެޗްޑީސީން ފަށައިފި

ފްލެޓްތަކަށް މީހުން ވަންނަންވާއިރަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕްތައް އިތުރުކުރަން އެޗްޑީސީން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
296 ދުވަސް ކުރިން - 18 އޯގަސްޓް 2025 16:35
ހުޅުމާލޭ ފޭސް ދޭއްގައި ބަސް ސްޓޮޕްތައް އިތުރުކުރަނީ/ ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ފޭސް ދޭއްގައި ބަސް ސްޓޮޕްތައް އިތުރުކުރަނީ/ ފޮޓޯ: އެޗްޑީސީ
ޚުލާސާ

އެ ސަރަޙައްދަކީ މީހުން ދިރިއުޅޭ މިންވަރު އިތުރުވެ، ދަތުރުފަތުރުގެ ޚިދުމަތްތަކަށް ބޭނުންވާ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން މިމަސައްކަތް ފަށާފައިވާ ކަމަށް ފާހަގަކުރި.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެފްޑީސީގެ 4،000 ފްލެޓަށް މީހުން ދިރިއުޅުން ބަދަލުވާން ފެށުމުގެ ކުރިން، އެ ސަރަހައްދުގައި ބަސް ސްޓޮޕްތައް އިތުރުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

އެޗްޑީސީއިން ބުނީ، މި މަސައްކަތް ފަށާފައިވަނީ އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރާ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުގައި ކަމަށެވެ. އެ ސަރަހައްދަކީ މީހުން ދިރިއުޅޭ މިންވަރު އިތުރުވެ، ދަތުރުފަތުރުގެ ހިދުމަތްތަކަށް ބޭނުންވާ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން މި މަސައްކަތް ފަށާފައިވާ ކަމަށް އެޗްޑީސީން ފާހަގަކުރެ އެވެ.

ބަސް ސްޓޮޕްތައް އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެފްޑީސީން ދަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement 1

ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން އެފްޑީސީން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. މި މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގަ އެވެ. އެފްޑީސީން މައުލޫމާތުދީފައިވާ ގޮތުގައި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށް ހިއްސާކުރަމުންދާ މިންވަރަކުން، އެ ފަރާތްތަކުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް އަދާހަމަކުރެވޭނެ އެވެ. އަދި އެ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް އެއްބަސްވުމުގައި ސޮއިކުރުމަށް ދެވޭ ތާރީހާއި ވަގުތުގެ މައުލޫމާތު ދެމުންދާނެ ކަމަށްވެސް އެފްޑީސީން ހާމަކުރި އެވެ.

އެޗްޑީސީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

6 ދުވަސް ކުރިން - 17:15

4000 ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް އެއްކޮށް ނިންމާނެ: އެޗްޑީސީ

4000ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް ނިންމާނެ

14 ދުވަސް ކުރިން - 17:49

ހުޅުމާލޭ ފޭސް 1ގައި ގާއިމްކުރި 'N1 ސްޕޯޓްސް ޕާކު' ރަސްމީކޮށް ހުޅުވައިފި

'N1 ސްޕޯޓްސް ޕާކު' ރަސްމީކޮށް ހުޅުވައިފި

22 ދުވަސް ކުރިން - 17:10

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

25 ދުވަސް ކުރިން - 16:15

ހުޅުމާލެ ޗެނަލަށް ޖަމާވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އެޗްޑީސީން ދާ ޖަހަން ފަށައިފި

ޗެނަލަށް ޖަމާވާ ކުނީގެ މައްސަލަ ހައްލުކުރަން ފަށައިފި

34 ދުވަސް ކުރިން - 20:20

އެޗްޑީސީ އާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ބެލެނިވެރިން މަޑުކޮށްލާނެ ހިޔާވައްސެއް ގާއިމުކުރަނީ

ސަލާހުއްދީން ސްކޫލުގައި ބެލެނިވެރިން މަޑުކޮށްލާނެ ހިޔާވައްސެއް ގާއިމުކުރަނީ

35 ދުވަސް ކުރިން - 23:07