މަކިޓާއާއި އެސްޓީއޯގެ ޕާޓްނާޝިޕަށް ކާމިޔާބު 25 އަހަރު ފުރުމުގެ މުނާސާބަތުގައި އަގުހުރި ޕްރޮމޯޝަނެއް ފަށައިފި އެވެ.
ނަވާރަސަތޭކައިގެ އަހަރުތަކުގެ ކުރީކޮޅު ޖަޕާނުގައި ތައާރަފް ކުރެވިގެންދިޔަ މަކިޓާ ބްރޭންޑުގެ ޕަވާ ޓޫލް ތަކަކީ ދުނިޔޭގެ ބާޒާރުގައިވެސް އޭގެ ދެވަނައެއް ނުވާ މަޝްހޫރު ކޮލެޓީ ބްރޭންޑެކެވެ. މަކީޓާގެ ވިޔަފާރި މުޅި ދުނިޔޭގައި ފުޅާވެ ކުރި އަރަމުން ދިއުމާއި އެކު، މީގެ 25 އަހަރު ކުރިން އެސްޓީއޯ އިން ވަނީ މަކިޓާ ރާއްޖެއަށް ތައާރަފްކޮށްފަ އެވެ.
މި ޕާޓްނަޝިޕްގެ ދަށުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މެދު ނުކެނޑި އެސްޓީއޯއިން ވަނީ މަކިޓާ ބްރޭންޑްގެ އަގުހުރި، ކޮލިޓީ ގިނަ ޓޫލް ތަކެއް ރާއްޖެއަށް ތައާރަފްކޮށްފަ އެވެ.
މި ކާމިޔާބީ ކުލަ ގަދަކޮށް ފާހަނގަ ކުރުމަށް އެސްޓީއޯއިން ގިނަ ތައްޔާރީތަކެއް ވަމުން އަންނައިރު، މަކިޓާގެ ކަސްޓަމަރުންނަށް ހާއްސަކޮށް އެސްޓީއޯއިން ވަރަށް ހާއްސަ ޕްރޮމޯޝަނެއް، މި މުނާސަބަތާއި ގުޅިގެން، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށް އެސްޓީއޯއިން ބުންޏެވެ.
މި ޕްރޮމޯޝަނުގެ ދަށުން އެެސްޓީއޯއިން މަކިޓާގެ ޕްރޮޑަކްޓްތައް ގަތުމަށް 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 17 އޮގަސްޓް 2025 އިން ފެށިގެން 30 ސެޕްޓެމްބަރު 2025 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންސް ޝޯރޫމުގަ އެވެ.