Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ލާމަރުކަޒީ ގާނޫނަށް ގެނެވުމު އިސްލާހުތަކަކީ އެ ނިޒާމު ޗެމްޕިއަންކުރުމަށް ގެންނަންޖެހޭ އިސްލާހުތަކެއް: ގާސިމް

ލާމަރުކަޒީ ގާނޫނަށް ގެނެވުމު އިސްލާހުތަކަކީ އެ ނިޒާމު ޗެމްޕިއަންކުރުމަށް ގެންނަންޖެހޭ އިސްލާހުތަކެއް: ގާސިމް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
298 ދުވަސް ކުރިން - 17 އޯގަސްޓް 2025 11:31
ގާސިމް އިބްރާހީމް: ފޮޓޯ/ އިންޓަނެޓް---
ގާސިމް އިބްރާހީމް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ގާސިމް އޭނާގެ އެކްސް އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނެވުނު އިސްލާހުތަކަކީ ވަރަށް މުހިއްމު އިސްލާހުތަކެއްކަމަށް ދެކިލައްވާ ކަމަށް.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކަކީ އެ ނިޒާމު ޗެމްޕިއަންކުރުމަށް ކޮންމެހެން ގެންނަންޖެހޭ އިސްލާހުތަކެއްކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް މި މޭރުމުން ވިދާޅުވެފައި ވަނީ އޭނާގެ އެކްސް އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. އެ ގޮތުން ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނެވުނު އިސްލާހުތަކަކީ ވަރަށް މުހިއްމު އިސްލާހުތަކެއްކަމަށް ދެކިލައްވާ ކަމަށާއި، މިއަދުގެ ހާލަތާއި ގުޅިގެން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އިސްލާހެއްކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ. އަދި ހަމައެހެންމެ، ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ގާނޫނު ވެސް އޮންނަންވާނީ ޔުނިޓަރީ ދައުލަތަކުން ކަންކަން ފުޅާކުރެވޭނެ މިންވަރަކަށް އެ ހުދޫދުގެ ތެރޭގައި ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި، ފްރޭމްވޯކާއި ފުށުއަރާގޮތަށް މިފަދަ އެއްވެސް ގާނޫނެއް ހެދިފައި އޮވެގެން ނުވާނެކަމަށެވެ.

ދިވެހިރާއްޖެ އަކީ ފެޑަރަލް ދައުލަތެއް ނޫންކަން ފާހަގަކުރައްވައި ގާސިމް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުން ގާނޫނު އަސާސީގައި ބަޔާންކޮށް އޭގެ މައްޗައް ގާނޫނެއް ވުޖޫދަށް ގެނެސް ވޭތުވެދިޔަ 14 ވަރަކަށް އަހަރު ރާއްޖެ ހިންގަމުންދާކަަމަށާއި، މި ގާނޫނާއި އެކު ބައެއް ފަރާތްތަކުން އަންނަނީ ފެޑަރަލް ވިސްނުންތައް ގެންގުޅެމުންކަމަށެވެ. ހާއްސަ ގޮތެއްގައި ސަރުކާރާއި އިދިކޮޅު ޕާޓީތަކުން އެފަދަ ވާހަކަތައް ޕްރޮމޯޓްކުރާކަން ފާހަގަކުރެވޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

Advertisement

Advertisement 1

ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް، ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނެގުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށާއި އެއި ނާޖާއިޒު ފައިދާއެއް ކަމަށް ގާސިމް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ. އަދި ހަމައެހެންމެ، އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަންނުދޭ މިންވަރަށް އިތުރު މަގާމުތައް އުފެއްދުމުގެ ބާރު ގާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

މިހާރު އޮތް ކައުންސިލްތަކުން އިހްލާސްތެރިވާން ޖެހޭނީ ގާނޫނު އަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް ކަމަށާއި، މި އިސްލާހުގެ ސަބަބުން ފައިދާވާނީ ރައްޔިތުންނަށް އަދި ސަރުކާރަކަށް ނޫންކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ. އަދި ހަމައެހެންމެ، ރަށެއްގެ ތަރައްގީގެ ޕްލޭނަކީ ރައްޔިތުންގެ ހިޔާލާއެކު ފާސްކޮށްފައިވާ އެއްޗެއް ކަމަށް ވާއިރު، އޭގައި ނުހިމެނޭ ކަންކަން އިންތިހާބާ ދިމާކޮށް ސީޔާސީ ބޭނުމަށް، ކުއްލިއަކަށް ފެށުމުގެ އިހްތިޔާރުވެސް ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެކަމަށާއި މިކަމުގެ ސަބަބުން ގައުމަށް ނުހަނު ގިނަ ގެއްލުންތަކެއް ލިބެމުންދާކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

ގާސިމް އިބްރާހިމްލާމަރުކަޒީ ގާނޫނު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ސިޔާސީ ހަމަޖެހުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް: ގާސިމް

ދެ އިންތިހާބު އެކީ ބާއްވަންޖެހޭ: ގާސިމް

94 ދުވަސް ކުރިން - 14:07

ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މާމިގިލީގައި ބިނާކުރެއްވި "މަސްޖިދު އިބްރާހިމް" ހުޅުވައިފި

ގާސިމް އިބްރާހިމް ބިނާކުރެއްވި "މަސްޖިދު އިބްރާހިމް" ހުޅުވައިފި

104 ދުވަސް ކުރިން - 15:40

ގައުުމުގެ ހަމަޖެހުމަށްޓަކައި މެޖޯރިޓީ ސަރުކާރަށް ދޭންޖެހޭ: ގާސިމް

ގައުުމުގެ ހަމަޖެހުމަށްޓަކައި މެޖޯރިޓީ ސަރުކާރަށް ދޭންޖެހޭ: ގާސިމް

117 ދުވަސް ކުރިން - 12:54

ކައުންސިލް އިންތިހާބުގައި ޖޭޕީގެ ތާއީދު ޕީއެންސީ އަށް

ކައުންސިލް އިންތިހާބުގައި ޖޭޕީގެ ތާއީދު ޕީއެންސީ އަށް

143 ދުވަސް ކުރިން - 20:37

އެމްޑީޕީގެ މުޒާހަރާއަކީ ފަނާކުރުވަނިވި މުޒާހަރާއެއް: ގާސިމް

އެމްޑީޕީގެ މުޒާހަރާއަކީ ފަނާކުރުވަނިވި މުޒާހަރާއެއް

251 ދުވަސް ކުރިން - 18:22

ޓެކްސް އިން 33 މިލިޔަން ޑޮލަރު މާފެއް ނުކުރޭ، ޔާމީން ހަދަނީ ދޮގު: ޤާސިމް

ޔާމީން ހަދަނީ ދޮގު: ޤާސިމް

292 ދުވަސް ކުރިން - 23:47