ގިނަ ދުވަހު ބޭނުންނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި

އައިޝަތު ޝިފްނާ ހުސައިން | 3 ގަޑިއިރު ކުރިން - 16 އޯގަސްޓް 2025 11:49
ދިގު މުއްދަތަކަށް މާލޭގެ މަގުތަކުގައި ދޫކޮށްފައިވާ އުޅަނދުތައް ނެގުން-- ފޮޓޯ: ފުލުހުން
ދިގު މުއްދަތަކަށް މާލޭގެ މަގުތަކުގައި ދޫކޮށްފައިވާ އުޅަނދުތައް ނެގުން-- ފޮޓޯ: ފުލުހުން
ޚުލާސާ

މި މަސައްކަތުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ވެހިކަލްތަކެއް ވަނީ ޓޯކޮށްފަ.

މާލޭގެ މަގުތަކުގައި ގިނަ ދުވަހު ބޭނުންނުކޮށް ދޫކޮށްލައިފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މިކަމާއި ގުޅިގެން ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި މަސައްކަތް ފަށާފައިވަނީ ފުލުހުންނާއި، މާލޭ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާ ގުޅިގެން ކަމަށެވެ.

އެގޮތުން މި މަސައްކަތުގެ ތެރެއިން ނަގަމުން އަންނަނީ އާންމުންނަށް ދަތިވާ ގޮތަށް ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައި އެވެ.

ފުލުހުން ބުނި ގޮތުގައި ގޮތުގައި މިއީ މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.

ހުޅުމާލޭގެ އިތުރުން މާލޭގައި ވެސް ގަވައިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އެގޮތުން މާލޭގެ ބޭރު މަގާއި މަޖީދީ މަގުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށާފައިވާއިރު، މި މަސައްކަތުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ވެހިކަލްތަކެއް ވަނީ ޓޯކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%