ކައްދޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 6 ގަޑިއިރު ކުރިން - 15 އޯގަސްޓް 2025 23:46
ކައްދޫގައި މިރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ: ފޮޓޯ/ އެކްސިޑެންޓްސް އިން މޯލްޑިވްސް---
ކައްދޫގައި މިރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ: ފޮޓޯ/ އެކްސިޑެންޓްސް އިން މޯލްޑިވްސް---
ޚުލާސާ

މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 07:18 ހާއިރު.

ލ. ކައްދޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ އެވެ.

އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ އަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައި މަރުވެފައިވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 07:18 ހާއިރު ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް، ކައްދޫ އެއާޕޯޓް ސަރަހައްދުން މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި މަރުވީ މަގު ހުރަސް ކުރަނިކޮށް ސައިކަލުން ޖެހި އަނިޔާވި އަންހެން މީހާ އެވެ.

"ހުލާސާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި މަރުވި އަންހެން މީހާއަކީ 64 އަހަރުގެ އުމުރުން ދުވަސްވީ އަންހެނެކެވެ. އެމީހާގެ ބޮލަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިިބިފައިވާ ކަމަށާއި އަދި އެމީހާގެ ދެފައި ކަށިމަތިން ބިނދިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން ހުރި ދެ މީހުންނާއި މަގު ހުރަސްކުރި އަނެއް މީހާއަށް ވެސް ވަނީ އަނިޔާތަކެއް ލިބިފަ އެވެ. އެ ތިން މީހުންނަށް ވެސް ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%