Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަޅުގަނޑުގެ އެއްވެސް ދަރިއަކު މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ވަޒީފާއެއްގަ ނުހުންނާނެ: ޑރ. ޝަހީމް

އަޅުގަނޑުގެ އެއްވެސް ދަރިއަކު މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ވަޒީފާއެއްގަ ނުހުންނާނެ: ޑރ. ޝަހީމް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
381 ދުވަސް ކުރިން - 15 އޯގަސްޓް 2025 22:23
ޑރ. ޝަހީމް: ފޮޓޯ/ އިންޓަނެޓް---
ޑރ. ޝަހީމް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ޑރ ޝަހީމް މި މޭރުމުން ވިދާޅުވެފައި ވަނީ ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުން ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ދޮގު ހަބަރު ފަތުރަމުންދާތީ އެކަމަށް ރައްދު ދެއްވަމުން.

އަޅުގަނޑުގެ އެއްވެސް ދަރިއަކު މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ވަޒީފާއެއްގަ ނުހުންނާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ ޝަހީމް މި މޭރުމުން ވިދާޅުވެފައި ވަނީ ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުން ހަގީގަތް އޮޅޭ ފަދަ ގޮތަކަށް، ޑރ. ޝަހީމްގެ ދަރިކަލުން މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ވަޒީފާ އަދާކުރާކަމަށް ބުނެ ދޮގު ހަބަރު ފަތުރަމުންދާތީ އެކަމަށް ރައްދު ދެއްވަމުން މިއަދު ފޭސްބުކްގައި ހިއްސާކުރެއްވި ސްޓޭޓަސްއެއްގަ އެވެ.

"ރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔާ މީހުން ތިބެނީ ކިހިނެއް ވެފަ ބާއޭ ހިތަށް އަރާ. ތަކުރާރުކޮށް ބުނަމުން މި ދަނީ އަހަރެންގެ ދަރިޔަކު މެލޭޝިޔާގައި ހުންނަ ރާާއްޖޭގެ އެމްބަސީގެ ވަޒީފާއެއްގައި އެއް ނުހުންނާނޭ. ނުހުންނާނޭ. ނުހުންނާނޭ".
ޑރ. ޝަހީމް ފޭސްބުކްގައި ހިއްސާކުރެއްވި ސްޓޭޓަސްގައި ވިދާޅުވި އެވެ.

ޑރ. ޝަހީމް، ދަރިކަލުންގެ ދިފާއުގައި އިތުރަށް ވިދާޅުވެފައި ވަނީ ގައިގަ ބަނދެގެން ވޭޕް ސާމާނު އެތެރެ ކުރިކަމަށް ބުނެ ހަގީގަތާ ހިލާފަށް ވާހަކަތައް ފެތުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

Advertisement

Advertisement 1

ފާހަގަކޮށްލަންޖެހޭ ގޮތުގައި ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގެ ހެޑްލައިންގައި ޑރ. ޝަހީމްގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް ރާއްޖެއަށް އައިއިރު، ވޭޕް ކުރާ ސާމާނުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުމުން ކަސްޓަމްސްއިން ހިފަހައްޓައިފި ކަމަށް ދަނީ މައުލޫމާތު ފަތުރަމުންނެވެ.

މިކަމާއި ގުޅިގެން "ޚުލާސާ" އިން ކަސްޓަމްސްގެ މީޑިއާ އޮފިޝަލަށް ގުޅުމުން ކަސްޓަމްސްގެ މީޑިއާ އޮފިޝަލުން ބުނެފައި ވަނީ ރޭގެ ވަގުތެއްގައި އެއާ އޭޝިއާގެ ފްލައިޓެއްގައި އައި ދެ މީހެއްގެ އަތުން ވޭޕް ފެނިފައިވާތީ، ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން އެ ދެ މީހުން ޖޫރިމަނާކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު އަތުން 118 ވޭޕް އަދި އަނެކަކު އަތުން 107 ވޭޕް ފެނިފައިވާކަމަށް ކަސްޓަމްސްގެ މީޑިޔާ އޮފިޝަލުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ކޮން ދެ މީހުންނެއް ކަމެއް ކަސްޓަމްސްއަކުން ބުނެފައެއް ނުވެ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

22 ދުވަސް ކުރިން - 10:27

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

52 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

120 ދުވަސް ކުރިން - 15:01

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

125 ދުވަސް ކުރިން - 14:10

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

131 ދުވަސް ކުރިން - 12:52

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%