މި އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 92 ހުށަހެޅުން!

އައިޝަތު ޝިފްނާ ހުސައިން | 4 ގަޑިއިރު ކުރިން - 14 އޯގަސްޓް 2025 16:57
އެމްއެމްސީން ބޭއްވި 11 ވަނަ ނޫސްވެރިންގެ އިނާމު ހަފްލާގެތެރެއިން.—ފޮޓޯ:ދައުރު
އެމްއެމްސީން ބޭއްވި 11 ވަނަ ނޫސްވެރިންގެ އިނާމު ހަފްލާގެތެރެއިން.—ފޮޓޯ:ދައުރު
ޚުލާސާ

އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ނޫސް މަޖައްލާ ކެޓަގަރީ އަދި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ ހިމެނޭހެން 14 ދާއިރާއަކަށް.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ދޭ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 92 ހުށަހެޅުން ލިބުނު ކަަމަށް ހާމަކޮށްފި އެވެ.

އެމްއެމްސީން ހާމަ ކުރިގޮތުން، ނޫސްވެރިކަންކުރާ ފަރާތްތަކުގެމަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައިއެމްއެމްސީން ދެމުން އަންނަ މި އިނާމަށް، 14 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވާނެ އެވެ.

އެމްއެމްސީން ވަނީ މިއަދު މެންދުރު 13:00 އާ ހަމައަށް އެވޯޑްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ނޫސް މަޖައްލާ ކެޓަގަރީ އަދި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ ހިމެނޭހެން 14 ދާއިރާއަކަށެވެ.

12 ވަނަ ނޫސްވެރިކަމުގެ އިނާމު ދޭ ދާއިރާތަކަކީ:

  1. ތަހުގިގީ ނޫސްވެރިކަމުގެ ދާއިރާ
  2. އިޖުތިމާއީ ދާއިރާ
  3. ސިޔާސީ ދާއިރާ
  4. ޝަރުއީ ދާއިރާއާއި ގާނޫނީ ދާއިރާ
  5. ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާ
  6. ކުޅިވަރުގެ ދާއިރާ
  7. ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
  8. ޑޮކިއުމަންޓްރީގެ ދާއިރާ
  9. ފީޗަ ރިޕޯޓުގެ ދާއިރާ
  10. ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
  11. ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ
  12. އުންމީދީ ނޫސްވެރިޔާގެ އިނާމު
  13. އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
  14. ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%