"މަދިރިން ރައްކާ" ކެމްޕެއިން އެޗްޑީސީން ފަށައިފި

އައިޝަތު ޝިފްނާ ހުސައިން | 2 ގަޑިއިރު ކުރިން - 14 އޯގަސްޓް 2025 18:46
އެޗްޑީސީއިން ހުޅުމާލޭގެ މަގުތައް ފޮގް ކުރަނީ-- ފޮޓޯ: އެޗްޑީސީ
އެޗްޑީސީއިން ހުޅުމާލޭގެ މަގުތައް ފޮގް ކުރަނީ-- ފޮޓޯ: އެޗްޑީސީ
ޚުލާސާ

މަދިރިން ރައްކާ ކެމްޕެއިނުގެ ދަށުން، ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގު ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށް އެޗްޑީސީން ބުނި.

ހުޅުމާލޭގައި މަދިރި އާލާވުން މަދުކުރުމަށް ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ފޮގު ކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.

އެޗްޑީސީން ބުނީ "މަދިރިން ރައްކާ" ކެމްޕެއިނަކީ މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި، ހުޅުމާލޭގައި މަދިރި އާލާވާފަދަ ތަންތަން ދެނެގަނެ، މަދިރި އާލާވުން މަދުކުރުމަށް އެޗްޑީސީން ކޮންމެ އަހަރަކު ވެސް އިސްކަމެއް ދީގެން ކުރިއަށްގެންދާ ޕްރޮގުރާމެއް ކަމަށެވެ.

އެގޮތުން، މަދިރިން ރައްކާ ކެމްޕެއިނުގެ ދަށުން، ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގު ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ފޮގު ކުރުން ކުރިއަށްދާނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ފަތިހު 05:00 އަދި ހަވީރު 05:30 ގައި ކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%