Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔާމީން ހެއްދެވީ އިތުރުފުޅެއް. ފުއްގިރި މައްސަލައިގައި ހެކިބަސް ނުދިނީ ޑރ. މުއިއްޒު އާ ހެދި ކަމަށް ޔާމީން އަރިހު ނުދަންނަވަން: ނަރީޝް

ޔާމީން ހެއްދެވީ އިތުރުފުޅެއް. ފުއްގިރި މައްސަލައިގައި ހެކިބަސް ނުދިނީ ޑރ. މުއިއްޒު އާ ހެދި ކަމަށް ޔާމީން އަރިހު ނުދަންނަވަން: ނަރީޝް

މުހައްމަދު ޖަމްޝަތު
346 ދުވަސް ކުރިން - 14 އޯގަސްޓް 2025 12:31
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޔޫތް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް---ފޮޓޯ:މާލެ ސިޓީކައުންސިލް
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޔޫތް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް---ފޮޓޯ:މާލެ ސިޓީކައުންސިލް
ޚުލާސާ

ނަރީޝް ވިދާޅުވިގޮތުގައި ޔާމީން ހެެއްދެވީ އިތުރުފުޅެއް. އަދި ހެކިބަސް ނުދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ހެދިކަމަށް ޔާމީން އަރިހުގައި އެއްވެސް އިރެެއްގައި އޭނާ ނުދައްނަވާ.

ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދިފާއުގައި ހެކިބަސް ނުދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ހެދިކަމަށް ޔާމީން އަރިހުގައި އެއްވެސް އިރެެއްގައި ނުދައްނަވާ ކަމަށް ޔޫތް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ވެރިކަމުގައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގައި ދިފާއީ ހެކިންގެ ގޮތުގައި ތިއްބެވީ ނަރީޝްއާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު އެވެ. ޔާމީންގެ ފަރާތުން މި ދެ ހެކި ހުށަހެޅުއްވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ މާރުކުރިކަން ސާބިތުކުރެއްވުމަށެވެ. ނަމަވެސް ހެކިބަސް ނެގުމަށް ކޯޓުން ތާވަލުކުރި ދުވަހު އެ ދެބޭފުޅުންވެސް ވަނީ އެ މައްސަލައިގައި ހެކިބަސްދިނުމަށް އިންކާރުކޮށްފަ އެވެ.

ނަރީޝް މިފަދައިން ވިދާޅުވީ "އަދަދު" ނޫހުގެ ޕްރޮގްރާމަކަށް ކުރީގެ ރައީސް ޔާމީން ދެއްވި އިންޓަވިއުއާ ގުޅިގެންނެވެ. އެ އިންޓަވިއުގައި ޔާމީން ވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ހެކިބަސް ނަގަން ތާވަލުކުރި ޝަރީއަތުގެ މަޖިލީހުގެ ކުރިން ނަރީޝް އާއި ފިއުލް ސަޕްލައި މޯލްޑީވްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޝުއާއުﷲ އަށް އެ މަނިކުފާނު ގުޅުއްވި ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް މުއިއްޒު އެ ދެބޭފުޅުންނަށް ގުޅުއްވާފައި ހެކިބަސް ދޭން ނުދާށޭ ވިދާޅުނުވާހާ ހިނދަކު ހެކިބަސް ދޭން ކޯޓަށް ދާނެ ކަމަށް ދެބޭފުޅުންވެސް ވިދާޅުވި ކަމަށް ޔާމީންގެ އިންޓަވިއުގައި ވިދާޅުވި އެވެ.

Advertisement

Advertisement 1

ޔާމީން ވިދާޅުވީ އެމަނިކުފާނު މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެކެވެ. ނަމަވެސް އެ ދައުވާތަށް މި ސަރުކާރުން އަނބުރާ ނުގެންދަނީ އެ މަނިކުފާނު ޖަލުގައި ބޭއްވުމަށް އެދޭތީ ކަމަށާއި އެމަނިކުފާނާ އެއްކޮޅަށް ހެކިބަސް ދޭން ދިޔުމުގެ ހުއްދަ ނަރީޝްއަށް ނޯންނަނީ އެ ސަބަބާ ހެދި ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

ނަމަވެސް ނަރީޝްވަނީ އެކަން ދޮގުކޮށްފަ އެވެ. ނަރީޝް ވިދާޅުވިގޮތުގައި ޔާމީން ހެެއްދެވީ އިތުރުފުޅެކެވެ. އަދި އެއްވެސް އިރެއްގައި ފުއްގިރި މައްސަލައިގައި ހެކިބަސް ނުދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ހެދިކަމަށް ރައީސް ޔާމީން އަރިހުން ދަންނަވާފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަރީޝް އާއި ޝުއާއުالله އަކީ ވެސް ކުރީ ސަރުކާރުގެ ދުވަސްވަރު ޔާމީންގެ ދިފާއުގައި އެންމެ ގަދައަށް ވާހަކަދެއްކެވި ދެ ބޭފުޅުންނެވެ. އަދި ނަރީޝްއަކީ އާރަށް މައްސަލައިގައި ޔާމީންގެ ދިފާއުގައި ހެކި ދިން އެކަކެވެ. އެ މައްސަލައިގައި އޭނާ ދޮގުހެކި ބަސް ދިން ކަމަށް ތުހުމަތުކޮށް އޭރު އެ މައްސަލަ ވެސް ބެލި އެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ. މިމައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ދައުވާ ކޮށްފައިވަނީ އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ދިނުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ ކުރެއެވެ.

އަހްމަދު ނަރީޝްރައީސް ޔާމީންރައީސް ޑރ. މުޙައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

20 ދުވަސް ކުރިން - 23:29

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

49 ދުވަސް ކުރިން - 10:48

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

52 ދުވަސް ކުރިން - 18:13

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތެއްތޯ؟

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށްކުރާ މަސައްކަތެއްތޯ؟

62 ދުވަސް ކުރިން - 13:16

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ 60 އިންސައްތަ ވޯޓުން: ޝާހިދު

2028 ކާމިޔާބުކުރާނީ %60 ވޯޓުން: ޝާހިދު

64 ދުވަސް ކުރިން - 00:31

ޖަމީލަކީ ހިޔަޅެއް، ކެބިނެޓަށް އައްޔަނުކުރިނަމަ ޔާމީން ގާތު ނުހުންނާނެ: ޝުޖާއު

"ކެބިނެޓަށް އައްޔަނުކުރިނަމަ ޔާމީން ގާތު ޖަމީލެއް ނުހުންނާނެ"

64 ދުވަސް ކުރިން - 23:56