ދެކުނު ކޮރެއާގެ ރައީސާއި ފަސްޓްލޭޑީ ވެސް ޖަލަށް

ޢަބްދުﷲ ޖުނައިދު | 109 ދުވަސް ކުރިން - 13 އޯގަސްޓް 2025 11:24
ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިޔޯން ހީ: އޭނާ ވަނީ އިއްޔެ ޖަލުގައި ބަންދު ކޮށްފައި / ފޮޓޯ: ގެޓީ އިމޭޖްސް.
ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިޔޯން ހީ: އޭނާ ވަނީ އިއްޔެ ޖަލުގައި ބަންދު ކޮށްފައި / ފޮޓޯ: ގެޓީ އިމޭޖްސް.
ޚުލާސާ

ދެކުނު ކޮރެއާގެ ރައީސް ސުކް-ޔެއޯލް ޖަލުގައި ހުންނަވަނިކޮށް އޭނާގެ އަނބިކަނބަލުން (ކުރީގެ ފަސްޓް ލޭޑީ) ވެސް ގިނަ ތުހުމަތު ތަކެއްގައި އިއްޔެ ޖަލަށް ލައިފި.

ބަޣާވާތަކުން ދެކުނު ކޮރެއާގެ ރައީސް ކަމުގެ މަޤާމު ހޯއްދެވި މިހާރުގެ ރައީސް ލީ، އެ ޤައުމުގެ ކުރީގެ ރައީސް ޔޫން ސުކް-ޔެއޯލް (64އ) ޖަލުގައި ބަންދުކޮށްފައި ބަހައްޓައިގެން ހުންނަވަނިކޮށް އޭނާގެ އަނބިކަނބަލުން (ކުރީގެ ފަސްޓް ލޭޑީ)ކިމް ކިޔޯން ހީ ވެސް އިއްޔެ ޖަލަށް ލައިފިއެވެ.

ރައީސް ލީ ގެ ނުފޫޒުން، ކުރީގެ ރައީސާއި ފަސްޓް ލޭޑީ ޖަލުގައި ބަންދުކުރީ ބޮޑެތި ތުހުމަތިތަކާއި އެކުގައެވެ. މިއީ އެ ޤައުމުގެ ތާރީޚުގައި ސިޔާސީ ލީޑަރެއްގެ ދެކަނބަލުން ޖަލުގައި އެއްފަހަރާ ހުންނަން ޖެހުނު ފުރަތަމަ ފަހަރެވެ.

އުމުރުން 52 އަހަރުގެ ކިމް ހައްޔަރުކޮށްގެން އިއްޔެ ޖަލަށްލީ އޭނާގެ މައްޗަށް ރިޝްވަތު ދިނުމާއި ރިޝްވަތު ބަލައިގަތުމާއި ސިޔާސީ ގޮތުން ކަންކަމުގައި ނުފޫޒު ފޯރުވުމާއި ޓެކްސް އަށް މަކަރު ހެދުމުގެ ތުހުމަތުގައެވެ. ރިޝްވަތުގެ ގޮތުގައި ލަގްޒަރީ އެތަކެއް ސާމާނު އޭނާ ބަލައިގަތްއިރު އޭގެތެރޭގައި އަގު ބޮޑެތި ޖަވާހިރުތައް ވެސް ހިމެނޭ ކަމަށް ދެކުނު ކޮރެއާގެ ޕީޖީން ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން 2022 ވަނަ އަހަރު މަޖިލިސް އިންތިޚާބަށް އޭނާގެ ފަރާތުން (ސިޔާސީ ބާރުވެރިކަން ހޯދުމަށް) ކެންޑިޑޭޓުން ނެރެފައިވާ ކަމަށް ވެސް ދެކުނު ކޮރެއާގެ ޕީޖީން ބުނެއެވެ.

މި ހުރިހާ ދަޢުވާތަކަށް ސޯލްގެ ކޯޓުގައި ކިމް ވަނީ އިންކާރު ކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%