Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގެ ޒުވާނުންގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ ޒުވާނުންގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
302 ދުވަސް ކުރިން - 13 އޯގަސްޓް 2025 09:25
ޒުވާނުންގެ ސިޔާސަތު އެކުލަވާލުމަށް ބޭނުންވާ ފްރޭމްވަރކް ހެދުމުގެ މަސައްކަތް އިސްލާމީ ޔުނިވަރސިޓީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ޒުވާނުންގެ ސިޔާސަތު އެކުލަވާލުމަށް ބޭނުންވާ ފްރޭމްވަރކް ހެދުމުގެ މަސައްކަތް އިސްލާމީ ޔުނިވަރސިޓީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ޚުލާސާ

ތަޢުލީމީ، ޤާބިލު ޒުވާނުން ތިބި ދާއިރާތަކަކީ ކޮބައިކަން ދެނެގަނެ، އެ ފަރާތްތަކަށް ފުރުޞަތުތައް ހޯދައިދޭންޖެހޭކަމަށް ނަރީޝް ފާހަގަކުރެއްވި

ރާއްޖޭގެ ޒުވާނުންގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ. މި މަސައްކަތުގެ ދަށުން، ސިޔާސަތަށް ބޭނުންވާ މައިގަނޑު ފްރޭމްވަރކް އެކުލަވާލުމުގެ މަސްއޫލިއްޔަތު ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ (އައިޔޫއެމް) އާ ހަވާލުކޮށްފަ އެވެ.

ޒުވާނުންގެ ސިޔާސަތު އެކުލަވާލުމަށް ބޭނުންވާ ފްރޭމްވަރކް ހެދުމުގެ މަސައްކަތް އިސްލާމީ ޔުނިވަސިޓީއާ ހަވާލުކުރުމުގެ އެއްބަސްވުމެއް ވަނީ އެކުލަވާލާފަ އެވެ. މި އެއްބަސްވުމުގައި ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޓީގެ ނައިބު ރައީސް ފާތިމަތު ނަޒާހާ ނަޒީމެވެ. އިސްލާމީ ޔުނިވަސިޓީގެ ފަރާތުން ސޮއިކުރެއްވީ ސެންޓާ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އައިމިނަތު ޝާފިޔާ އާދަމެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވަޒީރުގެ ހާއްސަ އެޑްވައިޒަރު އަހުމަދު ނަރީޝް ވިދާޅުވީ، ހުނަރުވެރި އެތައް ޒުވާނަކަށް ވަޒީފާ ނުލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި ކަމަށެވެ. އަދި ތަޢުލީމީ، ގާބިލު ޒުވާނުން ތިބި ދާއިރާތަކަކީ ކޮބައިކަން ދެނެގަނެ، އެ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދޭންޖެހޭކަމަށް ނަރީޝް ފާހަގަކުރެއްވި އެވެ. ޒުވާނުންގެ ގައުމީ ސިޔާސަތު އެކުލަވާލާއިރު، އެ ކަންކަމަށް ސަމާލުކަން ދިނުން މުހިންމުކަމަށްވެސް ނަރީޝް ވިދާޅުވި އެވެ. "ހުނަރުވެރި ގިނަ ޒުވާނުން އެބަ ތިބި. ގާބިލު ގިނަ މަސައްކަތްތަކެއްކުރާ ޒުވާނުން އެބަތިބި. އެ މީހުން ތިބީ ސެޓްފިކެޓެއް ނެތުމުން ވަޒީފާ ނުލިބިފައި. އެކަމަކު އެ ކުދިންވެސް ސެޓިފައިކުރެވޭނެ ގޮތެއް ހޯދަން އެބަޖެހޭ،" ނަރީޝް ވިދާޅުވި އެވެ.

Advertisement

Advertisement 1

ޒުވާނުންގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރު ހުސައިން އަރުބާން ފަވާޒު ވިދާޅުވީ، އިސްލާމީ ޔުނިވަސިޓީން ފްރޭމްވޯކް އެކުލަވާލާއިރު، ޒުވާނުންނާ ގުޅޭގޮތުން މީގެކުރިން ހަދާފައިވާ ދިރާސާތަކަށް އަލިއަޅުވާލާނެ ކަމަށެވެ. އެ ގޮތުން ކުރީގެ ދިރާސާތަކުގައި ޒުވާނުންނަށް ދިމާވާ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރުމަށް ދީފައިހުރި އިރުޝާދުތައް އެއް ކަރުދާސް ކުރެވޭނެކަމަށް އަރުބާން ވިދާޅުވި އެވެ.

"ޒުވާނުންގެ ގައުމީ މަހާސިންތާއެއް ބޭއްވޭނެ. މި މަހާސިންތާގައި އެކަށައެޅޭނެ ޒުވާނުންގެ ގައުމީ ނެޓްވޯކް. އަދި މި މަހާސިންތާގެ ތެރެއިން ހުރިހާ ދާއިރާތަކުން ޒުވާނުންނަށް ދިމާވާ މައްސަލަތަކާއި ޝަކުވާތައް ހުށައެޅުމަށް ފުރުސަތު ދެވޭނެ،" އަރުބާން އިތުރަށް ވިދާޅުވި އެވެ.

ޒުވާނުންގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު އެވެ. މި ކޮމިޓީ އުފެއްދުމުގެ މައިގަނޑު މަގުސަދުތަކަކީ ގައުމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، މަޝްވަރާއާއި ނިންމުންތައް ނިންމާއިރު ޒުވާނުން ދެކޭގޮތް ހާމަކުރެވޭނެ ގޮތް ފަހިކުރުމެވެ. މީގެ އިތުރުން ޒުވާނުންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުންވެސް ހިމެނެ އެވެ. މި މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ ދިވެހި ޒުވާނުންގެ ގައުމީ ސިޔާސަތެއް އެކުލަވާލުމެވެ.

ޔޫތު މިނިސްޓްރީ (އުވާލެވިފައި)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔޫތު އަދި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމަށް ރާފީއު އައްޔަންކުރައްވައިފި

ޔޫތު އަދި ސްޕޯޓްސް މިނިސްޓަރަކަށް ރާފިއު އައްޔަނުކުރައްވައިފި

58 ދުވަސް ކުރިން - 19:51

ޔޫތް މިނިސްޓަރު އަސްވާޑު އިސްތިއުފާ ދެއްވައިފި

ޔޫތް މިނިސްޓަރު އަސްވާޑު އިސްތިއުފާ ދެއްވައިފި

58 ދުވަސް ކުރިން - 13:29

މަޖިލީހުން ޒުވާނުންނަށް ހާއްސަ ފުރުސަތުތަކެއް ދޭން ނިންމުމާ ގުޅިގެން އުފާފާޅުކުރުމަށް ބާބަކިއުއެއް ބާއްވަނީ

ޒުވާނުންނަށް މަޖިލީހުން ފުރުސަތުދޭން ނިންމުމުން ހާއްސަ ހަރަކާތެއް

78 ދުވަސް ކުރިން - 21:17

ޔޫތު މިނިސްޓްރީއިން ޒުވާނުންނަށް ހާއްސަކޮށް ފޯރިގަދަ "ޔޫތު އޯޕަން ޑޭ" އެއް ބާއްވަނީ

ޔޫތު މިނިސްޓްރީއިން "ޔޫތު އޯޕަން ޑޭ" ބާއްވަނީ

135 ދުވަސް ކުރިން - 19:25

ޝަރުތު ހަމަވި 40 މީޑިއާ އަކަށް ފައިސާ ހަވާލުކޮށްފި

ޝަރުތު ހަމަވި 40މީޑިއާ އަކަށް ފައިސާ ހަވާލުކޮށްފި

148 ދުވަސް ކުރިން - 20:18

ޝަރުތު ހަމަވި 40 މީޑިއާ އަކަށް ފައިސާ ހަވާލުކޮށްފި

ޝަރުތު ހަމަވި 40މީޑިއާ އަކަށް ފައިސާ ހަވާލުކޮށްފި

148 ދުވަސް ކުރިން - 20:18