ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އެދި ނުވަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވައިލީ އެ ކޯޓަށް އައްޔަނުކުރަން އެ ކޮމިޝަނުން ފާސްކުރި މުހައްމަދު ޝަހީދު، އޭނާގެ ނަން އަނބުރާ ގެންދިއުމުންނެވެ. ޝަހީދު ނަން އަނބުރާ ގެންދިޔައީ އޭނާއަށް ފާޑުކިޔުން އަމާޒުވުމުން، ޝަރުއީ ދާއިރާއަށް އިތުބާރު އުފެއްދުމަށް ކަމަށްބުނެ އެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލުމުން ކުރިމަތިލައްވާފައި ވަނީ:
- އިބްރާހިމް ނާސިހު، ލަކީ، ޅ. ކުރެންދޫ
- އިބްރާހިމް މާހިރު، މެޑޯސް، ރ. އަލިފުށި
- ސުލައިމާން މުހައްމަދު، ނޫރާނީގެ، ޅ. ކުރެންދޫ
- ހަސަން ފަހީމް އިބްރާހިމް، ޕިކަޑިލީ، ހދ. މަކުނުދޫ
- އުއްމު ކުލްސޫމް އަބޫބަކުރު، ރަނައުރާގެ، ބ. ހިތާދޫ
- އަލީ ނަސީރު، ގާޑެނިޔާ ވިލާ، ބ. ކިހާދޫ
- މުހައްމަދު އިބްރާހިމް، ދާރުއްސަލާމް، ގއ. ކޮނޑޭ
- މުހައްމަދު ޒާހިދު، އިލާޒާ، ރ. ހުޅުދުއްފާރު
- އަޝްފާގު ނައީމް، ބީޗް ސައިޑް، ފ. ނިލަންދޫ
ހައިކޯޓުގައި ތިިއްބަވަނީ 11 ފަނޑިޔާރުންނެވެ. ނަމަވެސް އެ ކޯޓުގެ ފަނޑިޔާރުކަމަށް އެންމެފަހުން އައްޔަނުކުރި ސިވިލް ކޯޓުގެ ފަނޑިޔާރު، އަބްދުﷲ ޖަމީލާއެކު މިވަގުތު ތިއްބެވީ 10 ފަނޑިޔާރުންނެވެ.