ރައްޔިތުންގެ މަޖިލީހުގެ ދައުރު މިމަހު 21 އަށް ދަންމާލަނީ

މުހައްމަދު ޖަމްޝަތު | 1 ދުވަސް ކުރިން - 12 އޯގަސްޓް 2025 09:53
ރައްޔިތުންގެ މަޖިިލިސް---
ރައްޔިތުންގެ މަޖިިލިސް---
ޚުލާސާ

ކުރިން އޮތްގޮތުން މި ދައުރު ނިމޭނީ 15 އޮގަސްޓުގަ. ދައުރު ދަންމާލަން ރިޔާސަތުން ނިންމީ މަޖިލީހުގައި ނުނިމި ހުރި މުހިންމު ގިނަ މަސައްކަތްތަކެއްް ހުރުމުން.

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު މި މަހުގެ 21 އަށް ދަންމާލުމަށް މަޖިލީހުގެ ރިޔާސަތުން ހުށަހަޅައިފި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި ދައުރު ދަންމާލަން ހުށަހަޅުއްވާފައެވެ. އަދި މިއަދުގެ ވޯޓުގެ ވަގުތުގައި އެކަމަށް ވޯޓަށް އަހާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މި ދައުރު ނިމޭނީ 15 އޮގަސްޓުގަ އެވެ. މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި މަޖިލީހުގެ ދައުރު ދަންމާލަން ނިންމެވީ ނުނިމި ހުރި މުހިންމު ގިނަ މަސައްކަތްތަކެއްް ހުރުމުންނެވެ.

ގަވާއިދުގައިވާ ގޮތުން ތިން ވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ވިހިވަނަ މަޖިލިސް އެކުލެވިގެންވަނީ 93 މެންބަރުންގެ މައްޗަށެވެ. މި މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ސުޕަ މެޖޯރިޓީ ލިބިފައިވާއިރު، އެ ޕާޓީގައި 75 މެންބަރުން ހިމެނެއެވެ. މައިނޯރިޓީ ޕާޓީ އެމްޑީޕީގައި 12 މެންބަރުން ތިއްބެވެ. އެމްޑީއޭގައި ދެ މެންބަރުންނާއި، އެމްއެންޕީ އަދި ޖޭޕީގައި އެއް މެންބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ ދެ މެންބަރުންވެސް މަޖިލީހުގައި ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%