"ޕަރަމް ސުންދަރީ" އަންނަ މަހު 29 ގައި ޕްރިމިއާކުރަނީ

އައިޝަތު ރުވާ ރިފްޢަތު | 9 ދުވަސް ކުރިން - 11 އޯގަސްޓް 2025 09:16
"ޕަރަމް ސުންދަރީ"ގެ ޕޯސްޓަރ
"ޕަރަމް ސުންދަރީ"ގެ ޕޯސްޓަރ
ޚުލާސާ

"ޕަރަމް ސުންދަރީ"އަކީ އުތުރު އިންޑިއާގެ ފިރިހެނަކާއި ދެކުނު އިންޑިއާގެ އަންހެން ކުއްޖަކު ލޯބިވެވުމުން ހިނގާ ތަފާތު ކަންތައްތަކެއް ދައްކާ ރޮމޭންޓިކް ކޮމެޑީ ފިލްމެއް.

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ސިދާތު މަލްހޯތުރާ އެކުގައި ފުރަތަމަ ފަހަރަށް ކުޅޭ ފިލްމު "ޕަރަމް ސުންދަރީ" އަންނަ މަހު 29 ގައި ޕްރިމިއާކުރަން ނިންމައިފި އެވެ. މި ފިލްމު ގެނެސްދޭ މެޑޮކްސް ފިލްމްސް އިން ވަނީ މިކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

މެޑޮކްސް ފިލްމްސް އިން ގެނެސްދޭ "ޕަރަމް ސުންދަރީ" ކުރިން ރިލީޒްކުރާ ގޮތަށް ހަމަޖައްސާފައި ވަނީ މި މަހު 25 ގަ އެވެ. ނަމަވެސް، މި މަހު 18 ގައި ރިލީޒްކުރި "ސައްޔާރާ"އަށް ލިބުނު ބޮޑު ތަރުހީބުގެ ސަބަބުންނާއި، މި މަހު 25 ގައި އަޖޭ ދޭވްގަންގެ އާ ފިލްމު "ސަން އޮފް ސަރުދާރު 2" ވެސް ރިލީޒްކުރުމަށް ހަމަޖެހިފައި ވުމާއެކު، މެޑޮކްސް އިން ވަނީ މި ފިލްމު ފަސްކުރުމަށް ނިންމާފަ އެވެ.

އެހެންކަމުން، "ޕަރަމް ސުންދަރީ" ޕްރިމިއާކުރުމަށް އަންނަ މަހު 29 ވަނަ ދުވަސް ހަމަޖައްސައި، މެޑޮކްސް އިން މިހާރު ވަނީ އެކަން އިއުލާންކޮށްފަ އެވެ. އަންނަ މަހަށް އެ ފިލްމު ފަސްކުރި އިރު، އަންނަ މަހު ފަހުކޮޅު ވަރަށް ބޮޑު ދެ ފިލްމެއް އަޅުވަ އެވެ. އެއީ އޮގަސްޓް 14 ގައި ރިލީޒްކުރާ ރިތިކް ރޯޝަން އާއި އެންޓީއާރު ޖޫނިއާ އަދި ކިއާރާ އަދުވާނީ އުޅޭ "ވޯ 2" އާއި ހަމަ އެ ދުވަހު ރިލީޒްކުރާ ރަޖުނީކާންތުގެ "ކޫލީ" އެވެ.

"ޕަރަމް ސުންދަރީ"އަކީ އުތުރު އިންޑިއާގެ ފިރިހެނަކާއި ދެކުނު އިންޑިއާގެ އަންހެން ކުއްޖަކު ލޯބިވެވުމުން ހިނގާ ތަފާތު ކަންތައްތަކެއް ދައްކާ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަބީޝެކް ބައްޗަންގެ "ދަސްވީ" ގެނެސްދިން ތުޝާރު ޖަލޯތާ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%