ދަނުޝް އާއި މުރްނާލް އުޅެނީ ލޯބީގެ ގޮތުން ގުޅިގެންތަ؟

އައިޝަތު ރުވާ ރިފްޢަތު | 9 ދުވަސް ކުރިން - 11 އޯގަސްޓް 2025 09:17
ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ދަނުޝް އާއި ބޮލީވުޑްގެ އެކްޓްރެސް މުރްނާލް ޓާކުރް
ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ދަނުޝް އާއި ބޮލީވުޑްގެ އެކްޓްރެސް މުރްނާލް ޓާކުރް
ޚުލާސާ

މިއަޑުތައް ފެތުރިގެން ދިޔައީ، މިދިޔަ ހުކުރު ދުވަހު މުމްބާއީގައި ބޭއްވި މުރްނާލްގެ އާ ފިލްމު "ސަން އޮފް ސަރްދާރު 2"ގެ ޕްރިމިއާއަށް ދަނުޝް ދިއުމުންކަމަށް ރިފޯޓުތަކުން ބުނޭ.

ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ދަނުޝް އާއި ބޮލީވުޑްގެ އެކްޓްރެސް މުރްނާލް ޓާކުރް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. މި ދެ ތަރިންގެ ގުޅުމާ ބެހޭ ގޮތުން މިހާރު ދަނީ އިންޑިއާގެ މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވެމުންނެވެ.

މި އަޑުތައް ފެތުރިގެން ދިޔައީ، މިދިޔަ ހުކުރު ދުވަހު މުމްބާއީގައި ބޭއްވި މުރްނާލްގެ އާ ފިލްމު "ސަން އޮފް ސަރްދާރު 2"ގެ ޕްރިމިއާއަށް ދަނުޝް ދިއުމުންނެވެ. ޕްރިމިއާ އިވެންޓުގައި އެ ދެމީހުން އެކުގައި ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފަ އެވެ. ރިޕޯޓްތައް ބުނި ގޮތުގައި، ދަނުޝް އެ ފިލްމުގެ ޕްރިމިއާއަށް ދިޔައީ މުރްނާލްގެ ހާއްސަ ދައުވަތަކަށެވެ.

ނަމަވެސް، އެ ގުޅުން އޮތީ ސިއްރުކޮށްފައި ކަމަށާއި އެ ގުޅުމާ ބެހޭ ގޮތުން އެ ދެ މީހުން ވެސް އަދި މީޑިއާގައި ވާހަކަދައްކަން ބޭނުން ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މުރްނާލް ކުޅުނު ދެކުނު އިންޑިއާގެ ފިލްމު "ސީތާ ރަމާމް"އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. އޭނާ މިހާރު އަންނަނީ ދެކުނު އިންޑިއާގެ އިތުރު ފިލްމެއް ކުޅެމުންނެވެ. އެއީ މި އަހަރު ފަހުކޮޅު ގެނެސްދޭނެ "ޑަކޮއިޓް: އަ ލަވް ސްޓޯރީ" އެވެ. އެ ފިލްމުގެ މަސައްކަތަށް އޭނާ ވަރަށް ގިނައިން ހައިދަރުއާބާދަށް މިހާރު ދެ އެވެ. ހައިދަރުއާބާދަކީ ދެކުނު އިންޑިއާގެ ފިލްމު އާންމުކޮށް ޝޫޓްކުރާ ސިޓީއެކެވެ. ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، ދަނުޝް އާއި މުރްނާލް ބައްދަލުވީ ވެސް ފިލްމު ޝޫޓިންއަށް މުރްނާލް ހައިދަރުއާބާދަށް ގޮސް އުޅުމުގެ ތެރޭގަ އެވެ.

މުރްނާލް އަދި ކައިވެންޏެއް ނުކުރާއިރު، ދަނުޝް ވަނީ ކުރިން ކައިވެނިކޮށްފަ އެވެ. ދަނުޝް ކައިވެނިކޮށްގެން އުޅުނީ ދެކުނު އިންޑިއާގެ ސުޕަސްޓާރު ރަޖްނީކާންތުގެ ދަރިފުޅު އައިޝްވާރިޔާއާ އެވެ. އެ މީހުންގެ 18 އަހަރުގެ ކައިވެނި 2022 ވަނަ އަހަރު ރޫޅާލިއިރު، އެ ދެމީހުންނަށް ދެ ކުދިން ލިބިފައިވެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%