Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުލުހުންނަށް ފިލަން ދުއްވީ 18 އަހަރުގެ ޒުވާނެއް. ލައިސެންސްވެސް ނެތް!

ފުލުހުންނަށް ފިލަން ދުއްވީ 18 އަހަރުގެ ޒުވާނެއް. ލައިސެންސްވެސް ނެތް!

އައިޝަތު ޝިފްނާ ހުސައިން
398 ދުވަސް ކުރިން - 10 އޯގަސްޓް 2025 12:36
ހުޅުމާލެ މަގުމަތީގައި ފުލުހަކު ޓްރެފިކް ބަލަހައްޓަނީ--- ފޮޓޯ:ޕޮލިސް
ހުޅުމާލެ މަގުމަތީގައި ފުލުހަކު ޓްރެފިކް ބަލަހައްޓަނީ--- ފޮޓޯ:ޕޮލިސް
ޚުލާސާ

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެން މީހާ މިހާރު ވަނީ ދޫކޮށްލާފައި.

ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ފުލުހުންނަށް ފިލަން ދުއްވި ކާރު ދުއްވަން އިނީ 18 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާ އަތުގައި ލައިސެންސް ވެސް ނެތް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ (ހ. ފިލިމާގެ/ ކ. މާާލެ، އައިކް ހައިޝަމް ހަސަން އެވެ. ހައިޝަމްގެ އިތުރުން ކާރުގައި އިން އަންހެން މީހާވެސް ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް އަންހެން މީހާ މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ރޭ ހިނގި މިހާދިސާގައި ކާރު ހުއްޓުވަން އޭގެ ފަހަތުން ދުއްވި ފުލުހުންގެ ސައިކަލެއްގައި ކާރުން ޖެއްސުމުން ފުލުހަކަށް ވަނީ އަނިޔާވެސް ވެފަ އެވެ. ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވިި ފުލުސް އޮފިސަރަށް، ހުޅުމާލެ ހޮސްޕިޓަލް ގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށެވެ. އަދި އިތުރު ފަރުވާ ހޯދުމަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Advertisement

Advertisement 1

ހުޅުމާލޭގައި ކާރެއްގެ ފަހަތުން ފުލުހުންގެ ވެހިކަލާއި ސައިކަލުތަކެއް ދުއްވާ މަންޒަރު ފެންނަ ވީޑިއޯ ރޭ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯއާ ގުޅޭގޮތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހުޅުމާލޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑު ކުރަން ފުލުހުން ބުނި ނަމަވެސް މަޑު ނުކޮށް، ބާރު ދުވެލީގައި ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި ދުއްވާފައިވާ ކަމަށެވެ.

ފުލުހުން އެ ކާރު ފަހަތުން ދިއުމުން ފުލުހުންގެ ސައިކަލެއްގައި ކާރުން ޖައްސާ ވައްޓާލާފައިވާ ކަަމަށް ފުލުހުން ބުންޏެވެ. އަދި ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ފުލުހުންނާއި ސްކޫލް ކުދިން ގުޅިގެން ހަރަކާތެއް ހިންގައިފި

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ފުލުހުންނާއި ސްކޫލް ކުދިން ގުޅިގެން ހަރަކާތެއް ހިންގައިފި

2 ގަޑިއިރު ކުރިން - 21:50

ފުލުހުންގެ ސައިބަރ ސެކިއުރިޓީ އާއި ކްރައިސިސް މެނޭޖްމަންޓް ފެންވަރު ހަރުދަނާކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ފުލުހުންގެ ސައިބަރ ސެކިއުރިޓީ ހަރުދަނާކުރަން ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

2 ދުވަސް ކުރިން - 23:15

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

4 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

4 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

4 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

4 ދުވަސް ކުރިން - 10:48