އަވަސް ޙައްލެއް ނުހޯދައިފިނަމަ ދެން ފެންނާނީ ކުރިޔަށް އޮތް ދުވަސްތަކުގައި ނިއުޓްރިޝަން ނުލިބުމުގެ ސަބަބުން ޣައްޒާގެ ގިނަ ޢަދަދެއްގެ ކުޑަކުދިން މަރުވަމުންދާ މަންޒަރު ކަމަށް އދ. އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ބުނެފިއެވެ.
އދ. އިން ބުނީ ޣައްޒާގައި މައިކްރޯނިއުޓްރިއެންޓް ސަޕްލިމެންޓް ބޭނުންވާ ފަސްއަހަރުން ދަށުގެ 290،000 ކުދިން އެބަތިބި ކަމަށެވެ. އެ ކުދިންގެ ޞިއްޙީ ޙާލަތު ދެނެގަތުމަށްޓަކައި 136،000 ކުދިން ސްކްރީން ކުރިއިރު އޭގެ ތެރެއިން 2،500 އަށް ވުރެ ގިނަ ކުދިން ތިބީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ވެސް ބުންޏެވެ. އދ. ގެ ޓީމުތަކުން އިއްޔެ ބެލިބެލުމުގެތެރޭގައި ޣައްޒާއިން 40 ކުދިންގެ ޙާލު ވަރަށް ބޮޑަށް ދެރަވެ ރިޕޯޓު ކޮށްފައި ވެއެވެ. ނުރަސއމީ ޚަބަރުތަކުން އެނގޭ ގޮތުގައި މަރާއި ހަނގުރާމަކުރަމުންދާތީވެ ވަގުތުން އެ 40 ކުދިންނަށް އެޑްމިޓްކޮށްގެން ޞިއްޙީ ފަރުވާ ދޭން ފެށިއެވެ.
އދ. އިން ބުނީ ނިއުޓްރިޝަން ލިބުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ ޣައްޒާ އަށް އަވަސް ހައްލެއް ނުހޯދައިފިނަމަ ކާރިސާ އަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
ޣައްޒާގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 30 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުކުރެއެވެ. މި ނަސްލު ނައްތާލުމުގެ ޖަރީމާގައި މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވާކަމަށް ޙަމާސް އިން ބުނެއެވެ.