ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލެއް ބުރިކޮށްލި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ރޭ 21:26 ހާއިރު ފަރީދީ މަގު ގަޑިބުރު ކައިރީގައި ހުރި ސްޓެލްކޯ ސަބްސްޓޭޝަން ތެރެއަށް ބަޔަކު ވަދެ ކޭބަލް ބުރި ކުރި މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއްވެސް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ކޭބަލް ބުރި ކުރުމާއި ޓްރާންސްފޯމަރުތަކަށް ގެއްލުންދޭ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ.
މީގެ ކުރިން ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި މީހަކު ވަނީ މަރުވެސް ވެފައެވެ.