އުރީދޫއާއި ހަބޭސް ގުޅިގެން ބޮޑުބެރު ކްލާސްތަކެއް ފަށަނީ

އަައިޝަތު ޒީނާ | 5 ދުވަސް ކުރިން - 7 އޯގަސްޓް 2025 21:04
ހަބޭސް ބޮޑުބެރު ގުރޫޕުގެ މެންބަރުންތަކެއް އުރީދޫގެ ހެޑް އޮފީސް ކުރިމަތީ. / ފޮޓޯ: ހަބޭސް
ހަބޭސް ބޮޑުބެރު ގުރޫޕުގެ މެންބަރުންތަކެއް އުރީދޫގެ ހެޑް އޮފީސް ކުރިމަތީ. / ފޮޓޯ: ހަބޭސް
ޚުލާސާ

މި ކްލާސް ކުރިއަށްގެންދާނީ ހިލޭ ކަމަށާއި، ކްލާހުގައި ބައިވެރިވެވޭނީ ރަޖިސްޓާކުރާ އެންމެ ފުރަތަމަ 20 ބައިވެރިންނަށް ކަމަށް އުރީދޫއިން ބުނެފައިވޭ.

އުރީދޫއާއި ހަބޭސް ބޮޑުބެރު ގުރޫޕު ގުޅިގެން ބޮޑުބެރު ކްލާސްތަކެއް ފަށަން ނިންމައިފިއެވެ.

އުރީދޫއިން ބުނީ މި ކްލާސްތައް ފަށަން ނިންމާފައިވަނީ އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ކަމަށެވެ. ހަބޭސް އަކީ އުރީދޫގެ ބްރޭންޑް އެމްބެސެޑަރެކެވެ.

އުރީދޫއިން ބުނީ ހަބޭސް ބޮޑުބެރާއެކު ބޮޑުބެރު ކްލާސްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ހަތަރު ހަފްތާގެ މުއްދަތެއްގެ ތެރޭގައި ކަމަށެވެ. މި ޕްރޮގްރާމްގެ މަގުސަދަކީ ހަބޭސް ބޮޑުބެރުގެ ހުނަރުވެރި އިރުޝާދުގެ ދަށުން ދިވެހި ސަގާފަތުގެ މުއްސަނދި އަދި ތަރިކައެއް ކަމަށްވާ ބޮޑުބެރުގެ ވައްޓަފާޅި ބައިވެރިންނަށް ދަސްކޮށްދިނުން ކަމަށް އުރީދޫއިން ބުންޏެވެ.

މި ކްލާސްތައް ބާއްވަން ނިންމާފައިވަނީ މި މަހުގެ 16، 23، 30 އަދި އަންނަ ސެޕްޓެމްބަރު މަހުގެ ހައެއްވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:00 އިން 11:00 އަށް ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

މި ކްލާސްތައް ކުރިއަށްގެންދާނީ އުރީގެ މައި އޮފީހުގެ ހަތަރު ވަނަ ފަންގިފިލާގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ކްލާސްތަކުގައި 18 އަހަރުން މަތީގެ މީހުންނަށް ބައިވެރިވެވޭއިރު، ބައިވެރިވެވޭނީ ގިނަވެގެން 20 މީހަކަށް ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

މި ކްލާސް ކުރިއަށްގެންދާނީ ހިލޭ ކަމަށާއި، ކްލާހުގައި ބައިވެރިވެވޭނީ ރަޖިސްޓާކުރާ އެންމެ ފުރަތަމަ 20 ބައިވެރިންނަށް ކަމަށް އުރީދޫއިން ބުނެފައިވެއެވެ. އަދި ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 16 ވަނަ ދުވަހުގެ 23:59 އަށް ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

އުރީދޫގެ ވެބްސައިޓު މެދުވެރިކޮށް މި ކްލާހަށް ރަޖިސްޓާކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%