މާލޭގެ ބާޒާރުން ފިޔާ ލިބުމަށް ދިމާވެފައިވާ ދަތިކަމަށް ހައްލެއް ގެނައުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގެނައި ފިޔާ ޝިޕްމަންޓް ބާޒާރުތަކުގައި ވިއްކަން ފަށައިފި އެވެ.
އެސްޓީއޯއިން މިފަދަ ކާބޯތަކެތީގެ ބާވަތްތައް ރާއްޖޭގެ ބާޒާރުން ލިބުން ދަތިވާ ވަގުތުތަކުގައި އާންމު ގޮތެއްގައި ގެނެސް އެތަކެތި ހެޔޮ އަގުގައި އާއްމުންނާއި ހަމައަށް ފޯރުކޮށްދެ އެވެ.
އެސްޓީއޯއިން ގެނައި މި ޝިޕްމަންޓަކީ ރާއްޖޭގެ ބާޒާރުތަކުގައި ފިޔާ ލިބުމަށް ދިމާވި ދަތިތަކަކާއި ގުޅިގެން ގެނައި ޝިޕްމަންޓެކެވެ. އެސްޓީއޯއިން ރާއްޖެއަށް ފިޔާ ޝިޕްމެންޓް ގެނައުމުގެ ކުރިން ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގުހުރީ 25 ރުފިޔާ އަށްވުރެ މަތީގަ އެވެ. އެހެންނަމަވެސް އެސްޓީއޯ އިން ފިޔާ ގެނެސް މިހާރު ވިއްކަމުންދަނީ ކިލޯއެއް 15 ރުފިޔާގެ މަގުންނެވެ.
އެސްޓީއޯއިން އިތުރަށް ބުނެފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރުން ފިޔާ ލިބޭނެ ކަމަށެވެ.









