ބަންޑުންޖަހާލި ދޯނިން ކަނޑުވި އެކަކު މަރުވެއްޖެ

އައިޝަތު ޝިފްނާ ހުސައިން | 7 ދުވަސް ކުރިން - 7 އޯގަސްޓް 2025 11:21
ދޯންޏެއް ބަންޑުން ޖަހާލައި ކަނޑުވި މީހުން ސަލާަމަތްކުރުން.--ފޮޓޯ:ޕޮލިސް
ދޯންޏެއް ބަންޑުން ޖަހާލައި ކަނޑުވި މީހުން ސަލާަމަތްކުރުން.--ފޮޓޯ:ޕޮލިސް
ޚުލާސާ

މި ދޯނި ބަންޑުން ޖަހާލި ވަގުތު ދޯނީގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީން.

ހަތަރު މީހުންނާއި އެކު ހދ. ކުމުންދޫ ކައިރިން ބަންޑުންޖަހާލި ދޯނިން ކަނޑުވި އެކަކު މަރުވެއްޖެ އެވެ.

މި ދޯނި ބަންޑުން ޖަހާލި ވަގުތު ދޯނީގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ. މި ހާދިސާގައި މަރުވެފައިވަނީ 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނި ގޮތުގައި މި ހަތަރު މީހުން ވެސް ސަލާމަތްކޮށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހާލުދެރަވެގެން އެ މީހާ މަރުވީ މިއަދު 10:30 ހާއިރު އެވެ.

އެމްއެންޑީއެފް އިން ބުނީ ކަނޑުވި ބާކީ ދެ މީހުން ވަނީ ދޯނީގެ ވެރިފަރާތުން ފޮނުވި ސަޕްލައި ދޯންޏަކަށް ނަގާފައި ކަމަށެވެ.

ރޭގެ ވަގުތެއްގައި ކ. ޒަމާނީ އައިލެންޑް ކައިރިން 17 ބިދޭސީން ދަތުރުކުރި ޑިންގީއެއްވެސް ބަންޑުންޖަހާލި އެވެ. މި ޑިންގީން ދަތުރުކުރި އެންމެން ވަނީ ސަލާމަތްކޮށްފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%