Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމްޕީއެލް ތެލުގެ ހިޔާނާތުގައި ހިމެނޭ މީހުންގެ އަތުން ބަދަލު ހޯދަން އަންގައިފި

އެމްޕީއެލް ތެލުގެ ހިޔާނާތުގައި ހިމެނޭ މީހުންގެ އަތުން ބަދަލު ހޯދަން އަންގައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
345 ދުވަސް ކުރިން - 6 އޯގަސްޓް 2025 19:26
ރައްޔިތުންގެ މަޖިލިސް: ފޮޓޯ/ އިންޓަނެޓް---
ރައްޔިތުންގެ މަޖިލިސް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

އެމްޕީއެލްގެ އޮޕަރޭޝަންތަކަަށް ބޭނުންވާ ތެޔޮ ގަތުމުގެ މުއާމަލާތްތަކުގެ ތެެރެއިން އެފްއެސްއެމްގެ މުވައްޒަފުންތަކެއް 28.31 މިލިއަން ރުފިޔާގެ ތެލުގެ ބޮޑު ހިޔާނާތެެއް ހިންގާފައިވޭ.

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ވިއްކި ތެލުގެ މުއާމަލާތުގެ ތެެރެއިން، އެފްއެސްއެމްގެ މުވައްޒަފުން ހިންގި ކޮރަޕްޝަންގައި އެމްޕީއެލްއަށް ގެއްލުނު ތެލުގެ ބަދަލު، އެކަމުގައި ހިޔާނާތްތެރިވި ފަރާތްތަކުގެ އަތުން ހޯދަން ޕްރޮސިކިއުޓާ ޖެެނެރަލް (ޕީޖީ) އާއި ކޯޓުތަަކަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އެމްޕީއެލްގެ ތެޔޮގެ ހިޔާނާތުގައި ހިމެނޭ ފަރާތްތަކުގެ އަތުން ބަދަލު ހޯދަން ހުށަހަޅުއްވާފައިވަނީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު އެވެ. މި ހުށަހެޅުއްވުން ފާސްކޮށްފައިވަނީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެފައިވާ ގޮތުގައި މިކަން ހިނގާތާ މިހާރު 15 ވަރަކަށް އަހަރު ވެދާނެކަމަށާއި އެންމެ ދެ އަހަރު ދުވަހުގެ ރިޕޯޓަކުން ހަގީގީ މަންޒަރު ނުފެންނާނެކަމަށެވެ.

Advertisement

Advertisement 1

އެމްޕީއެލްގެ އޮޕަރޭޝަންތަކަަށް ބޭނުންވާ ތެޔޮ ގަތުމުގެ މުއާމަލާތްތަކުގެ ތެެރެއިން އެފްއެސްއެމްގެ މުވައްޒަފުންތަކެއް 28.31 މިލިއަން ރުފިޔާގެ ތެލުގެ ބޮޑު ހިޔާނާތެެއް ހިންގާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެ އެވެ. އެމްޕީއެލްގެ ތެލުގެ ހިޔާނާތުގެ މައްސަލަ އެންމެ ފުރުތަމަ ފެންމަތިވެފައި ވަނީ 2020 ވަނަ އަހަރުގެ ކޮވިޑު-19 ގެ ލޮކްޑައުންގެ ތެރޭގަ އެވެ.

މި މައްސަލައާއި ގުޅިގެން ތިން މީހަކަށް ދައުވާކުރަން ވަނީ ފޮނުވައިފަ އެވެ. އެ ތިން މީހުންނަކީ:

  1. އެމްޕީއެލްގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓްގެ ކުރީގެ ޗީފް މެނޭޖަރު މުހައްމަދު އައިމަން، ވާރުގެ/ ސ. ފޭދޫ
  2. އެމްޕީއެލްގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓްގެ ކުރީގެ އެސިސްޓެންޓް މެނޭޖަރު ހަސަން ދީދީ، އާޒާދުގެ/ ސ. މަރަދޫ
  3. އެފްއެސްއެމްގެ ތެޔޮ ބައުޒަރުގެ ޑްރައިވަރެއްގެ ވަޒީފާގައި ކުރިން ހުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބް

އެފްއެސްއެމްގެ ތެޔޮ އުފުލާ އުޅަނދު ފަހަރުތައް މޮނީޓާ ކުރުމުގެ ގޮތުން އުޅަނދު ފަހަރުގައި ކެމެރާ ހަރުކުރަން ބޭނުންވާ ސިސްޓަމްތަކާއި، އެތަކެތިން ތެޔޮ ދޫކުރަން ބޭނުންކުރާ މީޓަރުތައް ޒަމާނީ މީޓަރުތަކަށް ބަދަލުކޮށް ޑިޖިޓަލް ކޮށް، ލައިވް ރިޕޯޓް ނެގޭނޭ ގޮތަށް ހަދައި ބާޖުތަކުގެ ޓޭންކްތަކުގައި ހުންނަ ތެލުގެ އަދަދު ލައިވްކޮށް މޮނިޓާ ކުރުމަށްޓަކައި އޮޓަމެޓިކް ކޭޖިން ސިސްޓަމްތައް ހަރުކުރުމަށް އަންގަން ވެސް މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓިގައިވަނީ ފާސްކޮށްފަ އެވެ.

އެފްއެސްއެމްއެމްޕީއެލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެފް.އެސް.އެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ އޭ.ޓީ.ޖީ ސިސްޓަމް ހަރުކުރަން ފަށައިފި

އެފް.އެސް.އެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ އޭ.ޓީ.ޖީ ސިސްޓަމް ހަރުކުރަން ފަށައިފި

4 ދުވަސް ކުރިން - 13:26

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި

7 ދުވަސް ކުރިން - 16:38

މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފި

ނޯތު ހާބަރުގެ "އޭ ޒޯން"އިން ފެނާއި ކަރަންޓުގެ ހިދުމަތް ފަށައިފި

10 ދުވަސް ކުރިން - 18:45

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

16 ދުވަސް ކުރިން - 12:10

ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތަކުގެ ތެރެއިން 3 ކޮންޓެއިނަރު އަދިވެސް ނުފެނޭ

ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތަކުގެ ތެރެއިން 3 ކޮންޓެއިނަރު އަދިވެސް ނުފެނޭ

19 ދުވަސް ކުރިން - 14:01

އެމްޕީއެލް ބާޖަކުން ކޮންޓޭނަރުތަކެއް މޫދަށް ވެއްޓި އޮޔާދަނީ

އެމްޕީއެލް ބާޖަކުން ކޮންޓޭނަރުތަކެއް މޫދަށް ވެއްޓި އޮޔާދަނީ

19 ދުވަސް ކުރިން - 01:58