ޖަލުތަކުގައި މަސައްކަތް ކުރާ ގައިދީންގެ އެލަވަންސް ބޮޑުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 56 ދުވަސް ކުރިން - 6 އޯގަސްޓް 2025 12:14
ގައިދީންތަކެއް މަސައްކަތްކުރަނީ---
ގައިދީންތަކެއް މަސައްކަތްކުރަނީ---
ޚުލާސާ

ގައިދީން މަސައްކަތްކުރާ ކޮންމެ ދުވަހަކަށް މަދުވެގެން 50 ރުފިޔާ އަދި ގިނަވެގެން 120 ރުފިޔާއާއި ދެމެދުގެ އުޖޫރައެއް ދޭން މިދިޔަ ޖުލައި މަހުގެ ތެރޭގައި މިވަނީ ފަށާފައި.

ޖަލުތަކުގައި މަސައްކަތްކުރާ ގައިދީންގެ އެލަވަންސް ބޮޑުކޮށްފި އެވެ.

ޖަލުތަކުގައި މަސައްކަތްކުރާ ގައިދީންގެ އެލަވަންސް ބޮޑުކޮށްފައި މިވަނީ 25 އަހަރަށްފަހު އެވެ. އެންމެ ފަހުން ޖަލުތަކުގައި މަސައްކަތްކުރާ ގައިދީންގެ އެލަވަންސް ބޮޑުކޮށްފައިވަނީ 2000 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރުން ފެށިގެން ޖަލުތަކުގައި މަސައްކަތްކުރާ ގައިދީންނަށް ދެމުން އަންނަނީ މަސައްކަތްކުރާ ދުވަހަކަށް 30 ރުފިޔާ އެވެ.

އެހެންނަމަވެސް ނިމިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖަލުތަކުގައި މަސައްކަތްކުރާ ގައިދީންނަށް، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް މަދުވެގެން 50 ރުފިޔާ އަދި ގިނަވެގެން 120 ރުފިޔާއާއި ދެމެދުގެ އުޖޫރައެއް ދެމުން އަންނަކަމަށް ކަރެކްޝަނުން ވަނީ ބުނެފަ އެވެ.

ގައިދީން ލައްވައި ޖަލުތަކުގައި މަސައްކަތްތައް ކުރުވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، އެމީހުން އިސްލާހުކޮށް ރަނގަޅުގޮތުގައި މުޖުތަމައުއަށް ނެރުމަށާއި، އެމީހުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި އަދި އެމީހުންނަށް މަސައްކަތްތައް ދަސްކޮށްދިނުމަށެވެ.

ޖަލުތަކުގައި ތިބޭ ގައިދީންލައްވާ ތަފާތު މަސައްކަތްތައް ދަސްކޮށްދިނުމާއި ތަމްރީނު ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ޕްރޮގުރާމުތަކަކީ ގައިދީން އަތުން އެއްވެސް ފައިސާއެއް ނެގުމެއް ނެތި ހިންގަމުންދާ ޕްރޮގްރާމްތަކެއް ކަމުން މި ޕްރޮގްރާމްތަކުގައި ގައިދީންނަށް ހިލޭ ބައިވެރިވެވޭނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%