ރަޝިއާއިން އެމެރިކާއަށް ޙަމަލާ ދޭން ޖެހިދާނެ ކަމަށް ބުނެ އިންޒާރު ދިނުމުން ޓްރަމްޕް ތެޅިގެންފި

ޢަބްދުﷲ ޖުނައިދު | 8 ދުވަސް ކުރިން - 6 އޯގަސްޓް 2025 10:37
ޓްރަމްޕުގެ އިންޒާރާއެކު ރަޝިއާއިން ވެސް ދިނީ އިންޒާރެއް!
ޓްރަމްޕުގެ އިންޒާރާއެކު ރަޝިއާއިން ވެސް ދިނީ އިންޒާރެއް!
ޚުލާސާ

ޕުޓިން އަށް ޓްރަމްޕް ދެއްވި އިންޒާރާއެކު، އެމެރިކާ އަށް ޙަމަލާ ދޭން ޖެހިދާނެ ކަމަށް ރަޝިއާއިން ބުނުމުން ޓްރަމްޕު ބިރުން ތެޅިފޮޅިއްޖެ.

މި މަހުގެ 8 ވަނަ ދުވަހު (ހުކުރު ދުވަހު) ހަނގުރާމަ ހުއްޓާލަން ޖެހޭނެ ކަމަށާއި، އެ ތާރީޚަށް ފަހު ރަޝިއާއިން ޔުކްރޭނަށް ޙަމަލާ ދީފި ނަމަ ރަޝިއާ އަށް ކުޅި ދައްކާލާނެ ކަމަށް ބުނެ ޕުޓިން އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައި ވަނިކޮށް، ކުއްލިއަކަށް މިއަދު ރަޝިއާ އާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް އެމެރިކާއިން ނިންމައިފިއެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ ރައީސް ޕުޓިން އާއި ދިމާއަށް ވަރަށް ހުތުރުކޮށް އެއްޗެހި ވިދާޅުވެ، ރަޝިއާ އަށް ބިރު ދެއްކުމުގެ ގޮތުން ނިއުކްލިއާ ދެސަބްމެރީން ވެސް ރަޝިއާ ކައިރިއަށް ފޮނުވާފައެވެ. އަދި ހުކުރު ދުވަހަށް ހަނގުރާމަ ނުހުއްޓައިފި ނަމަ ރަޝިއާއަށް “ކުޅި ދައްކާލާނެ” ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އޭނާގެ ބަހެއް ރަޝިއާއިން އަނހާ ކަހަލަ އެއްވެސް މަންޒަރެއް އަދި ނުފެނެއެވެ. ރައްދުގައި ޕުޓިންގެ ސަރުކާރުން ދިނީ ޓްރަމްޕް ފިތްކަނޑައިގެންދާ ކަހަލަ ޖަވާބެކެވެ. އިންޒާރެކެވެ. ރަޝިއާއިން ބުނީ ޔުކްރޭނާއި ދޭތެރޭ ގޮތް ނިންމާނީ އަމިއްލަ އިންފްލޭޝަން ކޮންޓްރޯލް ނުކުރެވިގެން އުޅޭ އެމެރިކާ ނޫން ކަމަށާއި ޔުކްރޭނު މައްސަލަ އަކީ އެމެރިކާ އާއި ބެހޭ ކަމެއް ވެސް ނޫން ކަމަށާއި، އަދި، މާ ކަންތައް ބޮޑުވެއްޖެ ނަމަ ރަޝިއާ އިން އެމެރިކާ އަށް ޙަމަލާ ދޭން ޖެހިދާނެ ކަމަށެވެ.

އެއާއި އެކު ޓްރަމްޕުގެ ބަސްމަގާއި ރާގު މިހާރު މުޅީން ބަދަލުވެއްޖެއެވެ. ރަޝިއާ އަށް ޓްރަމްޕް ދެއްވި މުހުލަތު ހަމަވާން ބާކީ އޮތީ ދެދުވަހެވެ. ނަމަބެސް ރަޝިއާގެ ސިފައިން ވެސް އަދި މިލިޓަރީ އެއްވެސް ވެހިކަލެއްވެސް ޔުކްރޭނާއި ފެޔަށް ޖެހޭ ތަނެއް ނުފެނެއެވެ. މިއާއި އެކު މިހާރު ޓްރަމްޕު ވަނީ އޭނާގެ ޚާއްޞަ ވަފުދެއް ރަޝިއާގެ އިސް ވެރީންނާއި ބައްދަލުކުރެއްވުމަށް ފޮނުވާފައެވެ.

ރަޝިއާ އަށް ދަތި ކުރުމުގެ ގޮތުން ޓްރަމްޕް ވަނީ އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅައި ރަޝިއާގެ އިޤްތިޞާދު އިނސަޖައްސައިލަން އިތުރު މަސައްކަތްތަކެއް ރާވާފައެވެ. ޗައިނާ އާއި އިންޑިއާ ހިމެނޭ ގޮތަށް ރަޝިޔާގެ ހަކަތަ ގަންނަ ހުރިހާ ޤައުމަކުން %100 ޓެރިފް ނަގަން ވެސް ޓްރަމްޕު ރޭވިއެވެ. ނަމަވެސް އިއްޔެ ނޫސްވެރިޔަކު ޓްރަމްޕާއި އެ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ނަގާނެ ޕަސެންޓެއް އަދި ކަނޑަނާޅާ ކަމަށެވެ.

ކޮންމެޔަކަސް ޕުޓިން އަށް އިންޒާރު ދިނުމަށްފަހު، ކްރެމްލިންގެ ޕްރެޝަރު ބޮޑުވެ މޮސްކޯގެ އިންޒާރުގެ ބާރުގަދަކަމުން ޓްރަމްޕް ތެޅިގަނެ، ކުއްލި މަޝްވަރާތަކަށް ރަޝިއާ އާއި އެކު ދިޔުމަށް ޓްރަމްޕުގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފް މޮސްކޯއަށް ފޮނުވީއެވެ. ރަޝިޔާގެ އޮފިޝަލުންނާއި ވިޓްކޯފް ބައްދަލުކުރައްވާނީ މިއަދުގެ ވަގުތެއްގައި ކަމަށް ޚަބަރު ލިބެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%