Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން ހުއްދަ ނުނަގާ އިޝްތިހާރުކުރުން މަނާކޮށްފި

ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން ހުއްދަ ނުނަގާ އިޝްތިހާރުކުރުން މަނާކޮށްފި

އަައިޝަތު ޒީނާ
345 ދުވަސް ކުރިން - 5 އޯގަސްޓް 2025 18:31
ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ސޮނޭވާ ޖާނީގެ ވޯޓާ ވިލާއެއް. --
ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ސޮނޭވާ ޖާނީގެ ވޯޓާ ވިލާއެއް. --
ޚުލާސާ

ހުއްދަ ހޯދުމަށްޓަކައި ވުޒާރާއިން ކަނޑައަޅާ ޕޯޓަލެއް މެދުވެރިކޮށް ހުއްދަ ހޯދުމަށް ފޯމު ހުށަހެޅޭނެ ކަމަށް ވުޒާރާއިން ބުނެފައިވޭ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރައިގެ ހުއްދަ ނުނަގައި ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން އިޝްތިހާރުކުރުން މަނާކޮށް "ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން އިޝްތިހާރުކުރުމާ ބެހޭ ގަވާއިދު" އިއްޔެ ގެޒެޓުކޮށްފި އެވެ.

ވުޒާރާއިން ބުނީ އެ ގަވާއިދުގެ މަގުސަދަކީ ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބޭރު ދުނިޔޭގައި ދައްކާ އިޝްތިހާރުތަކުގައި ހިމެނޭ މައުލޫމާތަކީ ތެދު، ފުރިހަމަ އަދި ފުށުއެރުމެއްނެތް މައުލޫމާތުކަން ކަށަވަރު ކުރުން ކަމަށެވެ. އަދި ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި ފަތުރުވެރިކަމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޒިންމާދާރުކަމާއެކު އިޝްތިހާރުކުން ކަމަށް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބުނީ އެ ވުޒާރާގެ ހުއްދައާއެކު ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަމުން އަންނަ ތަންތަން އިޝްތިހާރުކުރުމުގެ އިހްތިޔާރު ވުޒާރާއަށް ލިބިގެންވާ ކަމަށެވެ. އެގޮތުން ހުއްދަ ހޯދުމަށްޓަކައި ވުޒާރާއިން ކަނޑައަޅާ ޕޯޓަލެއް މެދުވެރިކޮށް ހުއްދަ ހޯދުމަށް ފޯމު ހުށަހެޅޭނެ ކަމަށް ވުޒާރާއިން ބުނެފައިވެ އެވެ.

Advertisement

Advertisement 1

ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަމުން އަންނަ މަރުހަލާގައި ތަންތަން އިޝްތިހާރު ކުރެވޭނެ ގޮތްތައްވެސް ވުޒާރާއިން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ވުޒާރާއިން ކުއްޔަށް ދޫކޮށްފައިވާ ތަންތަން އިޝްތިހާރުކުރަން ވާނީ އެ ތަންތަން ކުއްޔަށް ދިނުމަށް ވުޒާރާއާއި ކުއްޔަށް ހިފާފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ދަރަޖައާ ނުވަތަ ގިންތިއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ނުވަތަ އަމިއްލަ ބިންތަކުގައި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަމުން އަންނަ ތަންތަން އިޝްތިހާރުކުރަންވާނީ ވުޒާރާއިން ގަބޫލު ކުރާ ދަރަޖައާ ނުވަތަ ގިންތިއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

އިޝްތިހާރު ކުރުމުގައި އެ ތަނެއްގެ ދަރަޖަ ނުވަތަ ގިންތި ރަނގަޅަށް ދޭހަވާ ގޮތަށް މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުން ޑިޖިޓަލް އިޝްތިހާރު ކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކަކީ:

  1. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރާ އިޝްތިހާރުތަކުގައި، އެއީ އިޝްތިހާރެއްކަން ސާފުކޮށް އެނގޭނެހެން ފާހަގަކޮށް ހާމަކުރުން.
  2. ހަގީގަތާ ހިލާފު ފޮޓޯތަކާއި ވީޑިއޯތައް ބޭނުން ނުކުރުން.
  3. ހަގީގަތާ ހިލާފު އޮންލައިން ރިވިއުތަކާއި، ކޮމެންޓުތަކާއި، ރޭޓިންތައް ނެހެދުމާއި ނުދެއްކުން.
  4. އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ނުވަތަ މެޝިން ލާނިން ބޭނުންކޮށްގެން އުފައްދާފައިވާ ކޮންޓެންޓް ބޭނުންކުރާނަމަ އެކަން ސާފުކޮށް، ހާމަކުރުން.
  5. އިޝްތިހާރު ކުރުމުގައި ބޭނުންކުރާ ކޮންޓެންޓަކީ އިޝްތިހާރު ކުރާ ފަރާތުގެ އަމިއްލަ ކޮންޓެންޓަކަށްވުން ނުވަތަ ގާނޫނު ނަންބަރު 2010/23 (ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު) އާ ހިލާފު ނުވާ ކޮންޓެއްޓެއްކަން ޔަގީންކުރުން.

ވުޒާރާއިން ބުނީ މި ގަވާއިދާ ހިލާފުވާނަމަ 24 ގަޑިއިރު ތެރޭގައި އިޝްތިހާރު ނެގުމަށް ލިޔުމުން އަންގާނެ ކަމަށެވެ. އަދި 24 ގަޑިއިރު ތެރޭގައި އިޝްތިހާރު ނުނަގާނަމަ، ޖޫރިމަނާކުރުމުގެ އިހްތިޔާރު ވުޒާރާއަށް ލިބިގެންވާ ކަމަށް ބުންޏެވެ. އެގޮތުން ގަވާއިދާ ހިލާފުވާ ފުރަތަމަ ފަރު 10،000 ރުފިޔާއިން، ދެވަނަ ފަހަރު 50،000 ރުފިޔާއިން އަދި ތިންވަނަ ފަހަރު 100،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބުނީ ތިން ފަރަހަށް ވުރެ އިތުރަށް ގަވާއިދާ ހިލާފުވެއްޖެނަމަ، ލިޔުމުން އެންގުމަކާ ނުލައި، ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 100،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

މި ގަވާއިދު އިއްޔެ ގެޒެޓުގައި ޝާއިއުކުރުމާއެކު ވަނީ ގަވާއިދަށް އަމަލުކުރަން ފަށާފައެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންފަތުރުވެރިކަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

14 ދުވަސް ކުރިން - 21:31

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

58 ދުވަސް ކުރިން - 13:57

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

62 ދުވަސް ކުރިން - 10:19

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

73 ދުވަސް ކުރިން - 14:59

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

73 ދުވަސް ކުރިން - 21:06

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަން ފަށައިފި

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަންފަށައިފި

76 ދުވަސް ކުރިން - 13:26