ކުރިއަށް އޮތް ޔޫރަޕްގެ ފިނި މޫސުމާ ދިމާކޮށް މެލޭޝިއާ އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފިއެވެ.
މެލޭޝިއާ އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް ނިންމާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ކުއާލަލަމްޕޫރާއި ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުއެވެ.
މި ބަދަލާއެކު ކޮންމެ ދުވަހަކުވެސް މެލޭޝިއާއިން ރާއްޖެއަށް ދަތުރުތައް އޮންނާނެއެވެ. އަދި ބައެއް ދުވަސްތަކުގައި ދުވާލަކު ދެ ދަތުރު ކުރާނެއެވެ. އެއާއެކު މެލޭޝިއާއާއި ރާއްޖެއާ ދެމެދު އެ އެއާލައިނުން ކުރާ ދަތުރުތަކުގެ އަދަދު 11 އަށް އިތުރުވާނެއެވެ.
މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ބޭނުން ކުރަނީ 174 ގޮނޑީގެ ބޮއިންގް 737 މެކްސް އަށެއް މަރުކާގެ ބޯޓެވެ.
ފިނި މޫސުމާ ދިމާކޮށް ވަރަށް ގިނަ އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރެއެވެ.