މޫސުމާ މެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ މިއަދު މެންދުރުން ފެށިގެން މިރޭ 7:30 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް އޮންނާނީ ހުދު ސަމާލު ނެރިފައިކަމަށެވެ.
މި މުއްދަތުގައި ގަޑިއަކު 22 މޭލާ 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން މައުލޫމާތު ދިނެވެ.
މެޓުން އިތުރަށް ބުނީ ކަނޑުތަށް ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ވީމާ ކަނޑުދަތުރު ކުރާ މީހުން ސަމާލުވުމަށް މެޓުން އިލްތިމާސްކުރިއެވެ.
ފާއިތުވި ދުވަސްތަކުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ގިނަ އެލާޓުތަކެއް ނެރިފަ އެވެ. މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ބޮޑަށް ވިއްސާރަކުރަމުންދަނީ އުތުރުގެ އަތޮޅުތަކަށެވެ.