Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓޫރިޒަމް ޓްރަސްޓް ފަންޑާއި ބެހޭ ގަވާއިދު އާއްމުކޮށްފި

ޓޫރިޒަމް ޓްރަސްޓް ފަންޑާއި ބެހޭ ގަވާއިދު އާއްމުކޮށްފި

މުހައްމަދު ޖަމްޝަތު
392 ދުވަސް ކުރިން - 4 އޯގަސްޓް 2025 19:51
ރާއްޖޭގެ ރިސޯޓެއް---
ރާއްޖޭގެ ރިސޯޓެއް---
ޚުލާސާ

މިގަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ވަނީ ފަށައިފަ.

"ޓޫރިޒަމް ޓްރަސްޓް ފަންޑު" އާ ގުޅޭގޮތުން އަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު މިއަދު ގެޒެޓުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މި އާ ގަވާއިދުގެ މަގުސަދުތަކަކީ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ދިވެހިރާއްޖޭގެ ޓޫރިޒަމަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދީ އެފަދައިން ލިބޭ އެހީ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމާއި، ޓޫރިޒަމާއި ޓޫރިޒަމްގެ ވަސީލަތްތައް ކުރިއެރުވުމަށާއ،ި ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޓޫރިޒަމްގެ ވަސީލަތްތައް ތަރައްގީކުރުމަށް އިންވެސްޓްކުރުމުގެ އިތުރުން މި ފަންޑަށް ޖަމާކުރެވޭ ފައިސާއިނ،ް ގާނޫނު ހުއްދަކުރާ ގޮތުގެ މަތީން އިންވެސްޓްކުރުމެވެ.

މި ފަންޑުގެ ރައުސްމާލު އެކުލެވިގެންވާ މާލީ މަންފާތަކަކީ:

Advertisement

Advertisement 1
  1. ޓޫރިޒަމާބެހޭ މިނިސްޓްރީން ހިންގާ ޓޫރިޒަމްގެ ހަރަކާތްތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ވިޔަފާރިތަކުންނާއި އެހެނިހެން ފަރާތްތަކުން ލިބޭ ސްޕޮންސަރޝިޕް ފައިސާއާއި އެނޫންވެސް ފައިސާ.
  2. ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން، ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޮތުގައި ފަންޑަށް ދައްކާ ފައިސ.ާ
  3. ފަންޑުން ގާއިމުކުރާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިސ.ާ
  4. އާންމުކޮށް އިއުލާނުކޮށްގެން ހުޅުވައިލާ ބިޑްތަކުގައި ޓްރެއިނިންއަށް ނަގާ ފައިސާ.

ޓޫރިޒަމާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން މި ފަންޑު ހިންގުމަށްޓަކައި ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީއެއް މިނިސްޓްރީން އެކުލަވައިލާނެ އެވެ. މި ފަންޑު ހިންގާނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް މި ފަންޑުގެ ހިންގާ ކޮމިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީންނެވެ.

މި ފަންޑަށް ޖަމާކުރާ ފައިސާ ހަރަދުކުރަން ކަނޑައަޅާފައިވާ ކަންތައްތަކަކީ:

  1. ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް ހިންގާ ހަރަކާތްތަކަށް
  2. ޓޫރިޒަމްގެ ވަސީލަތްތައް ކުރިއެރުވުމަށް ޓަކައި އިންވެސްޓްކުރުމަށ.ް
  3. ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޓަކައި ތަޢުލީމާއި ތަމްރީނު ޕުރޮގުރާމުތައް ހިންގުމަށ.ް
  4. އާންމު އިޖުތިމާއީ ފައިދާ ލިބިދެނިވި ހަރަކާތްތައް ހިންގުމަށް.
  5. ޓޫރިޒަމް ޓްރަސްޓް ފަންޑު ބޭނުންކުރެވޭނީ ފަންޑު ސްޓޭޓްމަންޓާ އެއްގޮތްވާ ގޮތުގެ މަތިން.

މީގެ އިތުރުންވެސް މި ޓްރަސްޓް ފަންޑުގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ފަންޑުން ކުރާ ހޭދައިގެ މިންވަރު އިތުރުކުރުމުގެ މަގުސަދުގައ،ި ފަންޑުގައިވާ ފައިސާ އިންވެސްޓްކުރާނެ އުސޫލުތަކާއި ފަންދު އޮޑިޓު ކުރުމާއި ފަންޑު ހިންގި ގޮތުގެ ރިޕޯޓުތައް ހަދަންޖެހޭ އުސޫލުތަށްވެސް މި ގަވާއިދުގައި ވަނީ ކަނޑައަޅައިފަ އެވެ.

ފަތުރުވެރިކަންމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

5 ގަޑިއިރު ކުރިން - 14:46

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

3 ދުވަސް ކުރިން - 11:46

ޓޫރިޒަމް މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ރުފިޔާއަށް ބަދަލުކުރަން އުޅޭތީ ޓީއީއޭއެމްއިން ކަންބޮޑުވުން ފާޅުކޮށްފި

ޓޫރިޒަމް މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދިނުމާ ދެކޮޅަށް ޓީއީއޭްއެމްއިން އިހުތިޖާޛުކޮށްފި

5 ދުވަސް ކުރިން - 16:41

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް: ރާއްޖޭގެ ފަރުތަކާއި މަސްވެރިކަމަށް ބޮޑު ނުރައްކަލެއް

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް؛ މިއީ ނުރައްކަލެއް

6 ދުވަސް ކުރިން - 14:38

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

8 ދުވަސް ކުރިން - 17:46

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

9 ދުވަސް ކުރިން - 21:15