މިރެއިން ފެށިގެން މާދަމަ އާއި ހަމައަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފި އެވެ.
މި ވިއްސާރަ އާއި ގުޅިގެން މެޓުން ވަނީ ހުދު ސަމާލު ނެރެފަ އެވެ.
މެޓުން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ގިނަ ހިސާބުތަކަކަށް ވިއްސާރަކޮށް، ހުޅަނގާއި އުތުރުން އޮއިބާރު ވާނެކަމަށް މެޓުން ބުންޏެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ގަދަޔަށް ވިއްސާރަކޮށް ކަނޑުތައް ގަދަވާ ދުވަސްވަރަކަށް ވުުމުން ކަނޑު ދަތުރު ކުރާއިރު ފަރުވާތެެރިވުމަށް މެޓުން އިލްތިމާސްކުރެ އެވެ.