ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފި އެވެ.
ހުދު ސަމާލު ނުރެފައިވާ ސަރަހައްދުތަކަކީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ.
މެޓުން ހުދު ސަމާލު ނެރުނީ ހަވީރު 4:30 އިން ފެށިގެން މިރޭ 22:30 އާއި ހަމައަށެވެ.
މެޓުން ބުނި ގޮތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތަށް ގަދަ ވާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ.
އަދި ކުރިއަށް އޮތް 24 ގަޑި އިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރުގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.
މިދިޔަ ހަފްތާގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަކޮށް ވައިގަދަވި އެވެ. މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި ކުރިއަށް މިއޮށް ހަފްތާގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އެވެ.