Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގެ ރިސޯޓަކަށް ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލް އުރީދޫއިން އަޅައިފި

ރާއްޖޭގެ ރިސޯޓަކަށް ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލް އުރީދޫއިން އަޅައިފި

އައިޝަތު ރުވާ ރިފްޢަތު
346 ދުވަސް ކުރިން - 2 އޯގަސްޓް 2025 22:53
ފޮޓޯ: އުރީދޫ
ފޮޓޯ: އުރީދޫ
ޚުލާސާ

މި ސަބްމެރިން ކޭބަލްގެ ސަބަބުން ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުއްޓަށް ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީއާއި އިތުރު ކެޕޭސިޓީއާއި ސްޕީޑު ކަށަވަރުވެގެންދާނެ.

ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި ފާހަގަކޮށްލެވޭ ތާރީހީ ކާމިޔާބީއެއް ހޯދައި، އުރީދޫ މޯލްޑިވްސްއިން ވަނީ ރާއްޖޭގެ ރިސޯޓަކަށް ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލެއް އަޅައިފަ އެވެ. މި މަޝްރޫއުގެ ދަށުން ސަބްމެރިން ކޭބަލް އަޅައިފައިވަނީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުއްޓަށެވެ.

މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، މާފުށި މެދުވެރިކޮށް ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ އެންމެ ޒަމާނީ ޑޭޓާ ސެންޓަރާ ވަނީ ގުޅާލާފައެވެ. މި ގުޅުމުގެ ސަބަބުން ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުއްޓަށް ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީއާއި އިތުރު ކެޕޭސިޓީއާއި ސްޕީޑު ކަށަވަރުވެގެންދާނެ އެވެ.

މި ތާރީޚީ މަޝްރޫޢު ނިމުން ފާހަގަކުރުމަށްޓަކައި، މިއަދު ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހީމާއި، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީގެ އިތުރުން ސަރުކާރާއި ވިޔަފާރީގެ އެކި ދާއިރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

Advertisement

Advertisement 1

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރު އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްކަމަށާއި، ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުކޮށް، ކުރިއެރުމަށް އާ މަގުތަކެއް ހުޅުވި، ދިވެހިންގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެހެން ބޭނުންތެރި ބަޔަކަށް އުރީދޫއިން ވަނީ ވެފަކަމަށެވެ.

އުރީދޫ މޯލްޑިވްސް ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމަށް 20 އަހަރު ފުރުން ފާހަގަކުރާ މި ދަނޑިވަޅުގައި، މި މުހިންމު ޕްރޮޖެކްޓްގެ ސަބަބުން އެ ކުންފުނީގެ "ޑިޖިޓަލް މޯލްޑިވްސް" ވިސްނުމަށް ދޭ އަހައްމިއްޔަތުކަން ފާހަގަކުރެވެ އެވެ.

އުރީދޫ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

29 ދުވަސް ކުރިން - 14:32

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

30 ދުވަސް ކުރިން - 11:57

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

30 ދުވަސް ކުރިން - 11:48

ނެޓްވޯކް ދަށްވެ އަމަން ދޯދި އަދި އުދަރެސް ފުލެޓުތަކުގެ ރައްޔިތުންގެ ނުރުހުން އުރީދޫއާއި ދިރާގަށް

އާފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ނުރުހުން އޫރީދޫއާ ދިރާގަށް

135 ދުވަސް ކުރިން - 21:55

އުރީދޫގެ ސީއީއޯގެ މަގާމަށް ޝާދީ ގަވަސްމީ

އުރީދޫގެ ސީއީއޯގެ މަގާމަށް ޝާދީ ގަވަސްމީ

164 ދުވަސް ކުރިން - 14:16

އުރީދޫ އިން އެމްއެންޑީއެފަށް ކަނޑުއަޑީގައި ބޭނުންކުރާ ހާއްސަ އިކްއިޕްމަންޓްތަކެއް ހަދިޔާކޮށްފި

އެމްއެންޑީއެފަށް ކަނޑުއަޑީގެ ހާއްސަ އިކްއިޕްމަންޓްތަކެއް އުރީދޫން ހަދިޔާކޮށްފި

168 ދުވަސް ކުރިން - 23:26