1.2 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީއިން ދެއްކި ތަފާސްހިސާބުތަކުގައި، ޖުލައި 1 އިން 30 ގެ ނިޔަލަށް 180،438 ފަތުރުވެރިން ރާއްޖެއަސް ޒިޔާރާތްކޮށްފައިވެ އެވެ.
މީގެ އިތުރުން މިދިޔަ މަހުގެ 30ގެ ނިޔަލަށް، 73 ޕަސެންޓު މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައި ކަމަށްވެސް އެ ހިސާބުތަކުން ދައްކަ އެވެ. އަދި ޓޫރިސްޓުންގެ 22 ޕަސެންޓު މީހުން ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކުރި އިރު ހޮޓާ އަދި ސަފާރީ އުޅަނދުތަކުގައި ޗުއްޓީ ހޭދަކުރަނީ ރާއްޖެ އަންނަ ފަތުރުވެެރިންގެ 2 ޕަސެންޓު މީހުންނެވެ.
މިދިޔަ ހަތް މަހު އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި ޗައިނާއިން 188،317 ފަތުރުވެރިން، ރަޝިޔާއިން 152،385 ފަތުރުވެރިން، އިނގިރޭސިވިލާތުން 120،937 ފަތުރުވެރިން، އިޓަލީއިން 93،024 ފަތުރުވެރިން، ޖަރުމަނުން 91،364 ފަތުރުވެރިން، އިންޑިއާއިން 75،376 ފަތުރުވެރިން، އެމެރިކާއިން 39،546 ފަތުރުވެރިން، ފްރާންސުން 37،496 ފަތުރުވެރިން، ސެޕެއިންއިން 25،555 ފަތުރުވެރިން އަދި ސްވިޓްޒަލެންޑްއިން 25،404 ފަތުރުވެރިން ހިމެނެ އެވެ.