ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވޭ:މެޓް

އައިޝަތު ޝިފްނާ ހުސައިން | 77 ދުވަސް ކުރިން - 2 އޯގަސްޓް 2025 09:39
ފޮޓޯ:އާފަތިސް
ފޮޓޯ:އާފަތިސް
ޚުލާސާ

މޫސުން ގަދަ ވާނެ ކަމަށް ލަފާކުރެވެނީ މިއަދާ މާދަމައާ ދެމެދު ކަމަށް މެޓުން ބުނެފި

ރާއްޖޭގެ ބައެއް ރަށްރަށަށް ކެރީގެ އަސަރުކުރުން އެކަށީގެން ވާ ކަމަށް މެޓުން ބުނެފިއެވެ.

މޫސުމާބެހޭ އިދާރާ (މެޓު އޮފީހުން) ބުނީ މިއަދާ މާދަމައާ ދެމެދު އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ.

މެޓުން ބުނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

މީގެ އިތުރުން ކަނޑުތަށް ގަދަވާނެ ކަމާއެކު، ރާޅުގަނޑުގައި 4-7 ފޫޓު ހުންނާނެ ކަމަށްވެސް މެޓުން ބުންޏެވެ.

ދިޔަވަރު ބޮޑު ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވުމާއެކު، ކަނޑުދަތުރު ކުރާ ފަރާތް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%