ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

މިކަން ހާމަކޮށް ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެމަނިކުފާނު ސިންގަޕޫރަށް ފުރާވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައި ކަަމަށެވެ. އެހެންނަމަވެސް ރައީސްގެ މި ދަތުރުފުޅާއި ގުޅިގެން، ރައީސް އޮފީހުން އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ރައީސް ޑރ. މުއިއްޒު މި މަހުގެ ކުރީކޮޅު ވެސް ވަނީ ސިންގަޕޫރަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އެ ފަހަރުގެ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެކެވެ.