އިންޑިއާއިން އައްސާމް މުސްލިމުންގެ 400 ގެ ތަޅާލައިފި

ޢަބްދުﷲ ޖުނައިދު | 79 ދުވަސް ކުރިން - 31 ޖުލައި 2025 10:20
އައްސާމްގެ މަދަރުސާއެއް ހިންދޫން ތަޅައިލަނީ: ހިންދޫން ބުނަނީ މިއީ އަލްޤައިދާ އާއި ގުޅުން އޮތް މަދަރުސާއެއް ކަމަށް / ފޮޓޯ: ޕީޓީއައި.
އައްސާމްގެ މަދަރުސާއެއް ހިންދޫން ތަޅައިލަނީ: ހިންދޫން ބުނަނީ މިއީ އަލްޤައިދާ އާއި ގުޅުން އޮތް މަދަރުސާއެއް ކަމަށް / ފޮޓޯ: ޕީޓީއައި.
ޚުލާސާ

ޒަމާނުއްސުރެ ހިންދޫންނާއި މައްސަލަ ޖެހިފައިވާ އިންޑިއާގެ އައްސާމުގައި ދިރިއުޅޭ މުސްކިމުންގެ 398 ގެ އިންޑިއާ ސަރުކާރުން އިއްޔެ، ޤާނޫނު ތަންފީޛު ކުރުމަށް ކަމަށް ބުނެ ތަޅާލައިފި.

އިއްޔެ އާއި އޭގެ ކުރީ ދުވަހު އިންޑިއާގެ އައްސާމްގައި ދިރިއުޅޭ ބަންގާޅު މުސްލިމުންގެ 400 އެއްހާ ގެ ތަޅާލައިފިއެވެ. ޚަބަރުތައް ބުނާ ގޮތުގައި މި ދެދުވަހު އިންޑިއާގެ ސަރުކާރުން ތަޅަލާފައި ވަނީ ޖުމްލަ 398 ގެ އެވެ. އެއީ މިމަހުގެ 29 ވަނަ ދުވަހު ތަޅައިލި 120 ގެ އާއި 30، ވަނަ ދުވަހު ތަޅައިލި 278 ގެ އެވެ.

އައްސާމަކީ އަވަށްޓެރި ބަންގްލަދޭޝްގެ ހިޖުރަވެރިން ނުވަތަ ދަރިކޮޅުގެ މީހުން ގިނަ ޢަދަދަކަށް އުޅޭ ސަރަޙައްދެކެވެ. ބަންގްލަދޭޝާއި އިންޑިއާގެ އައްސާމާއި ދެމެދުގައި އަދި އިތުރު ސްޓޭޓެއް އޮވެއެވެ. އެއީ މެގަލަޔާ ސްޓޭޓެވެ.

މި ގެތައް ތަޅައިލީ އެ މީހުންނަކީ އެތަނުގައި ޤަވާޢިދާއި ޚިލާފަށް ދިރިއުޅޭ ބައެއް ކަމަށް ބުނެއެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން އުފެދިފައިވާ ނަސްލީ އަދި ސިޔާސީ މައްސަލައެކެވެ.

އައްސާމްގެ މުސްލިމުންނަށް ހިންދޫން ވަނީ ވަރަށް ބޮޑެތި އަނިޔާތައް މީގެ ކުރިން ވެސް ދީފައެވެ. 1983 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ހިންގި ޤަތުލުޢާންމުގައި ބަންގާޅީ ނަސްލުގެ 2000 އާއި 3000 އާއި ދޭތެރޭގެ ޢަދަދަކަށް މުސްލިމުން މަރައިލިއެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ޤަތުލުއާންމާއި ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ނުކުރެއެވެ.

ގެދޮރު ތަޅައިލުމުން ރެފިއުޖީންނަށް ވި މުސްލިމުން މިހާރު ތިބީ ވަގުތީ ހިޔާތަކުގައެވެ. ބައެއް މީހުން ވަނީ އައްސާމުގެ މެދުތެރެއަށް ބަދަލުވެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%