ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު، އެ މަގާމުން ވަކިކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަދި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ނަޒީމް މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ މިއަދު އެ ބަދަލު ގެނައިކަން އިއުލާންކޮށްފައެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މައުރޫފް ޖަމީލު މިއަދު އިސްތިއުފާ ދިނުމުންނެވެ. އޭނާ ވަނީ އަންނަ މަހުގައި ރިޓަޔާ ކުރައްވަން ނިންމަވައިފައެވެ. އެކަމަކު، އޭގެ ކުރިން ޕީސީބީގެ އެންގުމަކަށް މައުރޫފް ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އެޗްޑީސީއަށް އައްޔަންކުރި ޒުހައިރު ކުރިން ހުންނެވީ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އަދި އާރްޑީސީ އަށް އައްޔަންކުރުމުގެ ކުރިމް ނަޒީމް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގަ އެވެ.









