ރައީސް ދެއްވަދޫ ރައްޔިތުންނަށް ވައުދުވި ގޮތަށް ވަށާޖެހޭ ހައްލު ގެނައުމުގެ މަސައްކަތް އެމްޓީސީސީ އަށް!

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 16 ދުވަސް ކުރިން - 30 ޖުލައި 2025 19:54
ދެއްވަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން: ފޮޓޯ/ އެމްޓީސީސީ---
ދެއްވަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން: ފޮޓޯ/ އެމްޓީސީސީ---
ޚުލާސާ

ދެއްވަދޫގައި ތަރައްގީކުރާ އައު ބަނދަރުގެ ސަބަބުން ޖާގަ ތަނަވަސް ބަނދަރެއް ރަށު ރައްޔިތުންނަށް ލިބި މިހާރު ދިމާވެފައި އޮތް ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ.

މޯލްޑިވްސް ކޮންޓްރެކްޓިން އެންޑް ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ)ން ގއ. ދެއްވަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި، އިމާރާތްކުރުމާއ،ި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއާއި އެކު ސޮއިކޮށްފި އެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، އަހްމަދު ޝަރީފު އަބްދުއްރަހްމާން ޔޫސުފް އެވ.ެ އަދި އިމާރާތްކުރުމާއ،ި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު އެވ.ެ

އެމްޓީސީސީން ބުނެފައިވާ ގޮތުގައި، މި މަޝްރޫއުގައި، ޖުމުލަ 60,672 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއ،ި 95,194 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލިއެޅުމާއ،ި 29 މީޓަރުގެ ބޭރުތޮއްޓެއް ލުމާއ،ި 407 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއ،ި 1,256 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 20 މީޓަރު ދިގު ދެ މީޓަރު ފުޅާ ބުރިޖެއް ހެދުމާއ،ި 1,980 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމުގެ މަސައްކަތް ހިމެނެ އެވ.ެ

މި އަހަރު ޖެނުއަރީ މަހު ހުވަދު އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވަދޫ އަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ރަށު ރައްޔިތުން އެދިލައްވާ ގޮތަށް ކުރިއަށް ގެންދާނެކަމަށް ވައުދުވެފައެވެ.

ދެއްވަދޫ ރައްޔިތުން އެދިލެއްވި ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއަށް ޖުމުލަ 103.09 މިލިއަން ރުފިޔާ ހޭދަވާނެކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. ސަރުކާރުން މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ޖުމުލަ 630 ދުވަސްތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

އެމްޓީސީސީން ބުނެފައިވާ ގޮތުގައި ދެއްވަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ޖާގަ ތަނަވަސް ބަނދަރެއް ރަށު ރައްޔިތުންނަށް ލިބިގެންދާނެކަމަށާއި، މިހާރު ދިމާވެފައިވާ ލަފާފުރުމުގެ ދަތިތައް ހައްލުވެގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%