ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން މަގުމަތި ބޭނުންކުރާ ފަރާތްތަކުން އަދި ހާއްސަކޮށް އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން މިހާރަށްވުރެ އިތުރަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.
އެގޮތުން ފުލުހުން ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން މަގުމަތި ބޭނުންކުރާ ފަރާތްތަކުން މިހާރަށްވުރެ އިތުރަށް ސަމާލުކަން ދިނުމަށެވެ. އެގޮތުން މަގުމަތި ބޭނުންކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ފުލުހުން ފާހަގަކުރައްވާފައިވަނީ:
- ފެންހެދިފައިވާ މަގުތަކުގައި މަޑުން ދުއްވުން
- ހެޑްލައިޓް ޖައްސަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ ހެޑްލައިޓް ޖެއްސުން
- ކުއްލި ކުއްލިއަށް ބުރަކި ނުޖެއްސުން
- ކޮންމެ ވެހިކަލެއްގެ ދެމެދުގައި އެކަށީގެންވާ ދުރުމިނެއް ބެހެއްޓުން
- އުޅަނދުފަހަރު ދުއްވާއިރު ފޯނު ބޭނުންނުކުރުން
- ގަސްގަހުގެ ދަށުގައި ޕާކްނުކުރުން
- ފެން ބޮޑުވެފައި ހުންނަ މަގުތަކުން ދުއްވުން މަދުކުރުން
ފުލުހުން ކޮށްފައިވާ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ އާންމުން ސަލާމަތަށް ކުރަންޖެހޭ ހުރިހާކަންކަމަށް އަބަދުވެސް ހާއްސަ އިސްކަމެއް ދޭނެކަމަށެވެ.








