ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު މައުރޫފް ޖަމީލް އިސްތިއުފާ ދީފިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް އިސްތިއުފާ ދެއްވީ މިއަދު އެވެެ. ނަމަވެސް މައުރޫފް އިސްތިއުފާ ދިނީ ކޮން ސަބަބަކާހުރެ ކަމެއް ޔަގީނެއް ނޫނެވެ. އިސްތިއުފާ ދިން އިރު އޭނާ ރިޓަޔާކުރަން ރާވާފައިވާކަން މިދިޔަ މަހު އެ ކުންފުނީގެ މުވައްޒަފުންނަށްވެސް އޮތީ އަންގާފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރައްވާފައިވާ އަދި އެޗްޑީސީ އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރެއްވި މައުރޫފް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.
ރިޓަޔާ ކުރަން ރާވާފައިވާ މައުރޫފް ކުއްލިއަކަށް އިސްތިއުފާ ދެއްވަން އިހްތިޔާރު ކުރެއްވީ ކީއްވެގެންކަމެއް އެޗްޑސީއަކުންވެސް ހާމައެއް ނުކުރެއެވެ.