ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތަށް އަލުން ފަށައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ ހިންގާ އުމަރު ޒާހިރު އިމާރާތަށް ސާވާގެ މައްސަލައެއް ދިމާވެގެން އިއްޔެ ވަނީ އެ މިނިސްޓްރީގެ ހިދުމަތްތަށް ވަގުތީގޮތުން މެދުކަނޑާލައިފަ އެވެ.
އެ މިނިސްޓްރީގެ އިތުރުން ސަރުކާރުގެ އެހެން މިނިސްޓްރީތަކާއި އިދާރާތައް ހިންގާ އުމަރު ޒާހިރު އިމާރާތުގެ ސާވާ ހުއްޓުނީ އޭސީތައް އޯވާހީޓުވެގެންނެވެ.
އެ މިނިސްޓްރީއިން އިއްޔެ ބުނި ގޮތުގައި ހިދުމަތްތަށް މެދު ކަނޑާލީ ޓެކްނިކަލް ޓީމަކުން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކުރުމަށެވެ.
މިއަދު ހެނދުނު ވަނީ މި ހިދުމަތްތަށް އަނެއްކާވެސް ފަށާފައި އެވެ.
ލައިސަންސް ދޫކުރުމާއި ވެހިކަލް ރަޖިސްޓްރީ އާއި ޒޯން ބަދަލުކުރުން ފަދަ އެއްގަމު ދަތުފަތުރާ ބެހޭ ހުރިހާ ހިދުމަތެއް ކުރިއަށް ގެންދަނީ އެ މިނިސްޓްރީން ނެވެ.






