ބާރުގަދަ ބިންހެލުމަކަށްފަހު އެމެރިކާ، ރަޝިޔާ އަދި ޖަޕާނަށް ސުނާމީ އަރަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 15 ދުވަސް ކުރިން - 30 ޖުލައި 2025 11:04
ސުނާމީ އެރުމުގެ ސަބަބުން ރަޝިޔާގެ އަވަށެއް ފެނު އަޑީގައި: ފޮޓޯ/ އަލް-ޖަޒީރާ---
ސުނާމީ އެރުމުގެ ސަބަބުން ރަޝިޔާގެ އަވަށެއް ފެނު އަޑީގައި: ފޮޓޯ/ އަލް-ޖަޒީރާ---
ޚުލާސާ

ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސިއުލާ ސަރަހައްދަށް މިއަދު މި އައި ބިންހެލުމުގެ ސަބަބުން ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ގައުމުތަކަށް ސުނާމީގެ އަސަރުކުރާނެ

ބާރުގަދަ ބިންހެލުމަކަށްފަހު އެމެރިކާ، ރަޝިޔާ އަދި ޖަޕާނުގެ އެކި ސަރަހައްދުތަކަށް ސުނާމީ އަރައިފި އެވެ.

މި ބިންހެލުން އައިސްފައިވަނީ ޖަޕާނު ގަޑިން މިއަދު ހެނދުނު 8:25 ހާއިރު ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސިއުލާ ސަރަހައްދަށެވެ. ރަޝިޔާގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބިންހެލުމަކީ 8.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެކެވ.ެ ެ

މި ބިންހެލުމުގެ ސަބަބުން އުފެދުނު ރާޅުތަށް އެންމެ ފުރުތަމަ އަރަންފަށާފައި ވަނީ ޖަޕާނުގެ ރަށެއްކަމަށްވާ ހޮކައިޑޯއަށެވެ.

މި ހާދިސާ އާއި ގުޅިގެން ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ ބިންހެލުމުގެ ސަބަބުން އުފެދުނު ރާޅުތަކުގެ އުސްމިނުގައި ގާތްގަނޑަކަށް 9.8 ފޫޓް ހުންނާނެކަމަށާއި، މިކަމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުކަމަށް މީޑިޔާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ހާދިސާގެ ސަބަބުން ރަޝިޔާގެ އަވަށެއް ކަމަށްވާ ސެވެރޯ-ކުރިލްސްކް އަށާއި ޖަޕާނުގެ އެކި ރަށްތަކަށް ވަނީ ސުނާމީ އަރައިފަ އެވެ. އަދިހަމައެހެންމެ، އަލްސްކާ އަދި ހަވާއީގެ އެކި ސަރަހައްދުތަކަށް ސުނާމީ އެރުމުގެ ފުރުސަތު ވެސް ބޮޑެވެ. ސުނާމީގެ އަސަރުކުރާނެކަމަށް ބެލެވޭތީވެ، އެ ސަރަހައްދުތަކުގައި ދިރިއުލޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.


ބިންހެލުމުގެ ސަބަބުން ސުނާމީގެ އަސަރުކުރާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި:

  1. ރަޝިޔާ
  2. ޖަޕާން
  3. ޓައިވާން
  4. ފިލިޕީންސް
  5. ޗައިނާ
  6. ހަވާއީ
  7. ގުއާމް
  8. ކެލިފޯނިޔާ
  9. އަލާސްކާ
  10. އޮރެގޯން
  11. ވޮޝިންގޓަން
  12. ބްރިޓިޝް ކޮލަމްބިއާ
  13. މެކްސިކޯ
  14. ޕެރޫ
  15. އިކުއެޑޯ، ހިމެނެ އެވެ.

މިއަދު ރަޝިއާ ކައިރިއަށް މި އައި ބިންހެލުމަކީ 2011 ވަނަ އަހަރަށްފަހު އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ އެއް ބިންހެލުމެވެ.

މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ދީފައިވަނީ ހަމައެކަނި ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ހިމެނޭ ގައުމުތަކަށް އެކަންޏެވެ. އެހެންކަމުން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށް މި ބިންހެލުމުގެ އަސަރު ނުކުރާނެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%