Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދިފާއުގައި ދިން ހަމަލާގައި ގަތުލު ކޮށްލެވުނީ އަމިއްލަ "ބޮސް"

ދިފާއުގައި ދިން ހަމަލާގައި ގަތުލު ކޮށްލެވުނީ އަމިއްލަ "ބޮސް"

އައިޝަތު ޝިފްނާ ހުސައިން
406 ދުވަސް ކުރިން - 30 ޖުލައި 2025 15:44
މޫސާ އިބްރާހިމް މުހައްމަދު(ކ). މުހައްމަދު އިބްރާހިމް(ވ).
މޫސާ އިބްރާހިމް މުހައްމަދު(ކ). މުހައްމަދު އިބްރާހިމް(ވ).
ޚުލާސާ

ޖެހުނީ މަސްތުވާތަކެތީގެ ޕެކޭޖެއްގެ މައްސަލަ. މުހައްމަދު ވަޅި ހޫރާލީ އަނިޔާކުރާތީ. އެއްވެސް ހާލެއްގައި މޫސަ މަރާލާކަށް ނޫން.

ލ. މާވަށުގައި މީގެ ދެދުވަސްކުރިން ހިނގައިދިޔަ މަރުގެ ވާހަކަތައް އެކި މަންސަތަކުގައި ދެކެވެމުންދަނީ އެކި ގޮތްގޮތަށެވެ. ނަމަވެސް ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ މި މަރާއި މަސްތުވާތަކެއްޗާއި ގުޅުމެއް އޮތް ކަމެވެ.

ޚުލާސާ ޓީމުން ހިންގި ތަހުގީގުން އެނގުނުގޮތުގައި ހާދިސާގައި މަރުވި މޫސާ އިބްރާހިމް އަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅުނު މީހެކެވެ. އަދި އޭނާ ގަތުލުކޮށްލި، ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް އެކީގައި އެކިއެކި ކަންތައްތަކުގައި ޝާމިލުވެ އުޅުނެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުންވެސް ހިމެނެ އެވެ.

މާވަށުން ވާހަކަދެެއްކި މީހަކު ހުލާސާއަށް ކިޔައިދިން ގޮތުގައި މޫސާ އިބްރާހިމަށް މުހައްމަދު ދިން ހަމަލާއަކީ އޭނާ މަރާލަން ދިން ހަމަލާއެއް ކަމަށް ނުބެލެވެ އެވެ. މި ހާދިސާގެ ފަހަތުގައި ނުދެކެވޭ އެތައް ވާހަކަތަކެއް ވަނީ ފޮރުވިފަ އެެވެ.

Advertisement

Advertisement 1

ދުވަސްތަކެއް ކުރިން މާވަށު މީހަކާއި އިނދެގެން މުހައްމަދު އެ ރަށަށް ބަދަލުވުމަކީ މި ވާހަކައިގެ ފެށުމެވެ.

މުހައްމަދަކީ މޫސަގެ ދޯނީގައި އޭނާގެ ދަށުން ލަނޑާ ނެގުމުގެ މަސައްކަތް ކުރަމުން އައި މީހެކެވެ. އޭގެ އިތުރުން "ޕެކޭޖު" އުސޫލުން މޫސައަށް މަސްތުވާތަކެތީގެ ވިޔަފާރިކޮށްދިނުމުގައިވެސް މުހައްމަދު އުޅުނެވެ. މި ދެމީހުންގެ ދޭތެރޭގައި އެންމެ ފުރަތަމަ ޖެހުނު މައްސަލައަކީ މޫސަގެެ ދޯނިން މުހައްމަދު ވައްކަން ކުރިކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލައާއި ގުޅިގެންވެސް މޫސަ އާއި އޭނާގެ ރައްޓެހިންގެ ފަރާތުން މުހައްމަދަށް އެކި ވަރުގެ ފުރައްސާރަ އާއި އަނިޔާތަށް ދިޔައީ ކުރިމަތިކުރަމުންނެވެ. އޭގެ ފަހުން އަނެއްކާވެސް މޫސަ އަތުން މަސްތުވާތަކެތީގެ ޕެކޭޖެއް މުހައްމަދު ވަގަށް ނެގި ކަމުގެ ތުހުމަތާއެކު ދެމީހުންގެ ދޭތެރޭގައި އޮތް ނުތަނަވަސްކަން އިތުރުވެ މޫސަގެ ފަރާރުން މުހައްމަދަށް އެކި ދުވަސްމަތިން އެކިވަރުގެ އަނިޔާތަށް ވަނީ ކޮށްފަ އެވެ. މި މައްސަލައިގައި ރަށުތެރެއިން މުހައްމަދު ފެންނަ އެތަށް ފަހަރަކު މޫސަ އޭނައަށް ހަމަލާދޭކަމަށް ވެއެވެ. ގުރޫޕް ހަދައިގެން ގޮސް ތަޅައި އަނިޔާކޮށް މޫދަށް އެއްލާލުމާއި ފަންތޮށި އެއްޗެހިން ތަޅައި އަނިޔާކޮށް ހަދާފައިވާކަން ރަށުން ވާހަކަ ދައްކާ މީހުންގެ ވާހަކަތަކުން އެނގެ އެވެ.

މި އަނިޔާތައް ކުރިމަތިވަމުން އަންނާތީ މުހައްމަދު ފަހުން އުޅުނު ކަމަށްވަނީ ވަޅިއެއް ހިފައިގެންނެވެ. މޫސަ އާއި އޭނާގެ ރަހުމަތްތެރިންގެ ހަމަލާއެއް ކުރިމަތިވެދާނެތީ ދިފާއުވާން ތައްޔާރުވެގެންނެވެ. މޫސަގެ މަރުގެ ހާދިސާ ހިނގި ދުވަހު ހެނދުނުގެ ވަގުތެއްގައި މުހައްމަދާއި ފުރަތަމަ ދިމާކޮށްލީ މަގުމަތިންނެވެ. ސައިކަލެއްގައި ފަހަތުން ގޮސް އޭނާގެ ކަރުގައި މޫސަ ހިފުމުން އެ ހަމަލާއިން ދިފާއުވުމަށް މުހައްމަދު އަތުގައި އޮތް ވަޅި ފަހަތުން ހޫރާލީ ބަލާލުމެއް ނެތި އެވެ. ކަންދިމާކުރި ގޮތުން ހަމަލާ އަމާޒުވީ ސީދާ މޫސަގެ ކަރުގެ ނޮޅިއަށެވެ. މިގޮތަށް އޭނާ އަމަލު ކުރީ އެއްވެސް ހާލެއްގައި މޫސަގެ ފުރާނަ ދުއްވާލަންކަމަށް ނުބެލެވޭ ކަމަށް އެރަށުން ވާހަކަދެއްކި މީހުން ބުންޏެވެ.

މޫސަގެ ކަރުން ހޯސްލާފައި އޮހޮރުނު ލެއިން ތަތްޅިގެން ހުރެ މުހައްމަދު ގޮނޑުދޮށަށް ގޮސް މޫދުން އަތް ދޮވެލައި، މޫސަ އަށް ހަމަލާދިން ވަޅި މޫދަށް އެއްލާލިއެވެ. އަދި އެއަށް ފަހު އަމިއްލަ ކުށަށް އިއުތިރާފުވެ ފުލުހުންނާއި ހަވާލުވާން ސްޓޭޝަނަށް އޭނަ ދިޔައީ އަމިއްލަ އަށެވެ. ރަށުން މައުލޫމާތު ލިބުނުގޮތުގައި މުހައްމަދު ޕޮލިސް ސްޓޭޝަނަށް ދިޔައިރު ސްޓޭޝަނުގައި އެއްވެސް މީހެއް ނެތެވެ. ރިސެޕްޝަންވެސް އޮތީ ހުހަށެވެ. އެހެންވެ ސްޓޭޝަން ބޭރުގައި ހުރި ފެން ހޮޅިއަކުން ގަޔަށް ފެން އަޅައި ލޭތަށް ސާފުކޮށްލުމަށްފަހު މުހައްމަދު ގޮސް އިނީ ސްޓޭޝަނުގައި ހަދާފައި ހުންނަ ކޮފީ ހަޓެއްގެ ތެރޭގައެވެ.

މާރާމާރީއަކާއި މަރުގެ މައްސަލައެއް ރަށުތެރޭގައި ހިނގައިގެން އުޅޭކަން ފުލުހުންނަށް ރޭކާ ލައިގެން ސްޓޭޝަނަށް އައި އިރުވެސް މުހައްމަދު އިނީ ފުލުހުންގެ އިންތިޒާރުގައި އެ ހަޓުތެރޭގައި މަޑުކޮށްލައިގެންނެވެ. ފުލުހުންނަށް ބަޔާންދީ ކުށަށް އިއުތިރާފުވެ، މޫސަ އަށް ހަމަލާދޭން އޭނާ ބޭނުންކުރި ވަޅިވެސް ފުލުހުންނަށް ދެއްކިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ މުހައްމަދު ހައްޔަރުކޮށްފައެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ކޯޓުން ވަނީ ހުކުމްވެސް ކޮށްފަ އެވެ. މި ހާދިސާގައި މަރުވި މޫސަގެ ހަށިގަނޑު މިހާރު ވަނީ އިތުރު ތަހުލީލަށް މާލެ ގެނެސްފައެވެ. މިއަދު މޫސަގެ ހަށިގަނޑު ވަނީ އޮޓޮޕްސީ ހެދުމަށް ބޭރަށް ފޮނުވާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމަރު
Advertisement
Advertisement

11 ރިއެކްޝަންސް / 4 ކޮމެންޓް

0%
0%
0%
0%
0%

ނޭންގެ

403 ދުވަސް ކުރިން - 13:06

އޯޓޮޕްސީ ހަދަނީ ހަމަ އެކަނި މަރުވި ގޮތް ބަލާކަށް ނޫން. އޭނަ ހަށިގަނޑު ތެރޭގަ މަސްތުވާ ތަކެތީގެ އަސަރެއް ހުރިތޯވެސް ބަލާނެ. އިތުރުން ވެސް އެއްވެސް ކަހަލަ ބައްޔެއް ހުރިތޯވެސް ބަލާނެ

ާހމެދ ީހުސަނ

404 ދުވަސް ކުރިން - 23:45

އަހަރެންނަށް ހީވެފަ އޮތީ އޮޓޮޕްސީ ހަދަނީ މަރުވިގޮތް ދެނެގަންނަން ކަމަށް!

ނޮޅިވަރަންފަރު

405 ދުވަސް ކުރިން - 13:31

ރަނގަޅުކޮއްލާ ނޮޓް ނޮޅިވަރަން .

ކޯޑިނޭޓަރ

405 ދުވަސް ކުރިން - 13:29

މުހައްމަދު ޕޮލިސް ސްޓޭޝަނަށް ދިޔައިރު ސްޓޭޝަނުގައި އެއްވެސް މީހެއް ނެތެވެ. ރިސެޕްޝަންވެސް އޮތީ ހުހަށެވެ.

ގުޅޭ ޚަބަރުތައް

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

1 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 10:48

އިންޑިއާގެ ޔުނިވާސިޓީ ހޮސްޓެލް އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 14:15

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

2 ދުވަސް ކުރިން - 23:52