ފިޔާ ޝޯޓޭޖަށް ހައްލެއް ގެނައުމަށް އެސްޓީއޯއިން ފިޔާ ގެންނަނީ!

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 43 ދުވަސް ކުރިން - 29 ޖުލައި 2025 18:29
ބާޒާރުގައި ވިއްކަން ހުރި ފިޔާތަކެއް: ފޮޓޯ/ އިންޓަރނެޓް---
ބާޒާރުގައި ވިއްކަން ހުރި ފިޔާތަކެއް: ފޮޓޯ/ އިންޓަރނެޓް---
ޚުލާސާ

މާލެއިން ފިޔާ ލިބުން ދަތިވެފައި މިވަނީ މޫސުން ގޯސްވެ، އެމްޕީއެލް އިން މުދާ ކްލިއާ ކުރުން ލަސްވުމުގެ ސަބަބުން

މާލޭގެ ފިޔާ ގެނައުމަށް ދިމާވެފައިވާ ދަތިކަމަށް ހައްލެއް ގެނައުމަށް އެސްޓީއޯ އިން ފިޔާ ގެންނަން ނިންމައިފި އެވެ.

އެސްޓީއޯ އިން ބުނީ، މާލޭގެ ބާޒާރުން ފިޔާ ލިބުމަށް ދިމާވެފައިވާ ދަތިކަމަށް ހައްލެއް ގެނައުމަށް އެކުންފުނިން އިސްނަގައިގެން އިންޑިއާއިން ފިޔާ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އުންމީދު ކުރަނީ ވަރަށް އަވަހަށް އެސްޓީއޯ އަށް ފިޔާ ސްޓޮކް ގެނެސް ބާޒާރަށް ނެރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އަކީ އާއްމުކޮށް ފިޔާ ގެންނަ ކުންފުންޏެއް ނޫނެވެ. ނަމަވެސް އާއްމު ބޭނުންތަކަށް ބޭނުންކުރާ މިފަދަ ބާވަތްތައް ރާއްޖޭގެ ބާޒާރުން ލިބުން ދަތިވާ ވަގުތު ތަކުގައި އެސްޓީއޯއިން އަބަދުވެސް އެފަދަ ބާވަތްތައް ގެނެސް އާއްމުންނަށް ހެޔޮ އަގުގައި ފޯރުކޮށްދެ އެވެ.

އެނގިފައިވާގޮތުގައި މާލެއިން ފިޔާ ލިބުން ދަތިވެގެން އުޅެނީ މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖެ ގެންނަ ފިޔާ ސަޕްލައި އަށް ބުރޫއަރައިގެންނެވެ. އެހެންނަމަވެސް މިވަގުތު ވެސް މާލޭގެ ވިޔަފާރި ބަނދަރުގައި ފިޔާ ޝިޕްމެންޓްއެއް އެބަހުއްޓެވެ. ނަމަވެސް މިހާރު ލިބިފައިވާ ފިޔާ ޝިޕްމަންޓުވެސް މޫސުން ގޯސްވުމުގެ ސަބަބުން މުދާ ކްލިއާ ކުރުމުގެ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނިން ގެންނަ ފިޔާ ޝިޕްމެންޓާއެކު އާއްމުންނަށް ހެޔޮ އަގެއްްގައި ފިޔާ ލިބޭނެ ކަމަށެވެ.

ބާޒާރުގެ ގިނަ ފިހާރަތަކުން ފިޔާ ހުސްވެފައިވާއިރު ފިޔާ ކިލޯއެއް މިހާރު ލިބެންހުރީ 25 ރުފިޔާއަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%