އުއްތަމަ ފަނޑިޔާރު ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 15 ދުވަސް ކުރިން - 29 ޖުލައި 2025 17:02
އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުން: ފޮޓޯ/ ދިޔަރެސް---
އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުން: ފޮޓޯ/ ދިޔަރެސް---
ޚުލާސާ

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދަށް ހަމަވެފައިވާއިރު ތިން ބޭފުޅަކު ވަނީ މި މަގާމަށް ކުރިމަތި ލައްވާފަ

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި މުއުތަސިމް އަދުނާން އެ މަގާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. އެހެންކަމުން ފަނޑިޔާރުކަމުގެ މަގާމަށް 29 ޖުލައި 2025 (މިއަދު) ގެ ކުރިން ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭ.އެސް.ސީ)ން ވަނީ ހުޅުވާލާފަ އެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދަށް ހަމަވެފައިވާއިރު ތިން ބޭފުޅަކު ވަނީ މި މަގާމަށް ކުރިމަތި ލައްވާފަ އެވެ.

އެ ގޮތުން މި މަގާމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރޭގައި:

  1. ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްގަނީ މުހައްމަދު
  2. ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
  3. ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުން، އެ މަގާމުގައި ކުރިން ހުންނެވި މުއުތަސިމް ރިޓަޔަރ ކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓްގެ ހިންގުން ވަގުތީ ގޮތުން ހިންގަން އެ ކޯޓްގެ ފަނޑިޔާރު އަބްދުﷲ ހަމީދުއާ ވަނީ ހަވާލުކޮށްފަ އެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%