Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އޭލިއަނުން ތިބި 15 މޭލުގެ ބޮޑު ބޯޓެއް ދުނިޔެއަށް ޙަމަލާ ދިނުމަށް އެބަ އާދޭ - ސައެންސްވެރިން

އޭލިއަނުން ތިބި 15 މޭލުގެ ބޮޑު ބޯޓެއް ދުނިޔެއަށް ޙަމަލާ ދިނުމަށް އެބަ އާދޭ - ސައެންސްވެރިން

ޢަބްދުﷲ ޖުނައިދު
407 ދުވަސް ކުރިން - 29 ޖުލައި 2025 13:13
އޭލިއަނުން ތިބި ކަމަށް ބެލެވޭ ދުނިޔެއާއި ދިމާލަށް އަންނަ ބޮޑު އުޅަނދު ފާހަގަކޮށް ހާވާޑް ސައެންސްވެރިން ދައްކާފައިވާ ފޮޓޯއެއް.
އޭލިއަނުން ތިބި ކަމަށް ބެލެވޭ ދުނިޔެއާއި ދިމާލަށް އަންނަ ބޮޑު އުޅަނދު ފާހަގަކޮށް ހާވާޑް ސައެންސްވެރިން ދައްކާފައިވާ ފޮޓޯއެއް.
ޚުލާސާ

އޭލިއަނުން ތިބި ކަމަށް ބެލެވޭ 15 މޭލުގެ ބޮޑު ޖައްވީ ބޯޓެއް ދުނިޔެއާއި ދިމާލަށް އަންނަ ކަމަށާއި، ދުނިޔެއަށް ޙަމަލާ ދީފާނެ ކަމަށް ހާވާޑުގެ ސައެންސްވެރިން އިންޒާރުދީފި.

ދުނިޔެއަށް ހަމަލާ ދިނުމަށް ކަމަށް ބެލެވޭ ވަރަށް ބޮޑު އުޅަނދެއް މަޚްލޫޤުންނާއި އެކު ދުނިޔެއާއި ދިމާލަށް ވަރަށް ބާރަށް ދަތުރުކުރަމުން އަންނަ ކަމަށް ހާވާޑްގެ ސައެންސްވެރިންގެ ޓީމަކުން ބުނެފިއެވެ. 

ހާވާޑްގެ ސައިންސްވެރިން ލަފާކުރާ ގޮތުގައި މި ބޯޓުގެ ފުޅާމިނަކީ ގާތްގަނޑަކަށް 12 އާއި 20 ކިލޯމީޓަރެވެ. އެހެންކަމަށްވާނަމަ އެއީ މާލޭ ވަރުގެ ގާތްގަނޑަކަށް 3 އާއި 5 ގުނަ ބޮޑު އުޅަނދެކެވެ.

ނިއުޔޯކް ޕޯސްޓުގައިވާ ގޮތުގައި ހާވާޑްގެ އެސްޓްރޯފިޒިސިސްޓް އަވީ ލޯބް އާއި އޭނާގެ ޓީމުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މި ދެންނެވި ބޯޓު ނޮވެމްބަރު މަހުގެ ކުރީކޮޅު ދުނިޔެއާއި ހަމަޔަށް ވާޞިލް ވާނެ ކަމަށް ބެލެވެއެވެ. އެ އާޓިކަލް ބުނާ ގޮތުގައި މި އުޅަނދު ގަޑިއަކު 130،000 މޭލަށް ވުރެ ބާރުމިނުގައި ދަތުރުކުރެއެވެ. އެހެން ކަމަށް ވާނަމަ މި ބުނާ އުޅަނދެއް ބަރާބަރު 20 މިނެޓުތެރޭ ދުނިޔެ ވަށައި ބުރެއް ޖަހާނެއެވެ.

Advertisement

Advertisement 1

މި ދިރާސާއާއި މެދުގައި ބައެއް ސައެންސްވެރިންގެ ޚިޔާލު ތަފާތުވުން އުޅޭއިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ މަޝްހޫރު ބާބާ ވަންގާ އާއި ބްރެޒިލްގެ ސައިކިކް އެތޯސް ސަލޯމީ ވަނީ މި އަހަރުތެރޭގައި އިންސާނުންނާއި އޭލިއަނުން ދިމާވާނެ ކަމަށް ލަފާ ކޮށްފައެވެ. މި ދެމީހުންނަކީ ކުރިޔަށް ވާން ހުރި ކަންކަން ބުނެދިނުމުގައި ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ ދެމީހުންނެވެ.

ބަލްގޭރިއާގެ ލޯފަން އަންހެނެއް ކަމަށްވާ ބާބާ ވަންގާ ވަނީ އެމެރިކާގެ ޓްރޭޑް ސެންޓަރު ގޮއްވައިލި ޙަމަލާ ވެސް އޭގެ 10 އަހަރު ކުރިން ލަފާ ކޮށްފައެވެ. އަދި ސީރިއާގައި މުސްލިމުންގެ ބޮޑު ހަނގުރާމައެއް ފަށަން އުޅޭ ކަމަށާއި އައިއެސް އުފެދިގެންދާނެ ކަމަށް ވެސް ލަފާކުރިއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ބާބާ ވަންގާ އަކީ މުސްލިމުންގެ ޢަޤީދާ ބަލިކަށިކޮށްލުމަށް ހުޅަނގުން ގެންގުޅޭ “ހަތިޔާރެކެވެ”.

ދުނިޔެބޭރު ދުނިޔެ
Advertisement
Advertisement

8 ރިއެކްޝަންސް / 2 ކޮމެންޓް

0%
0%
0%
0%
0%

ބާބާ ޖޯން

406 ދުވަސް ކުރިން - 04:57

ފެށީ އޭލިއަން އިން ނިމުނީ ބާބާ ޔާގާ އިން

13ވާ

406 ދުވަސް ކުރިން - 00:39

ވާންހުރި ކަންކަން އެއްވެސް އިންސާނަކައް ނުއިގެނެ. މުސްލިމަކައް ވެހުރެ އެކަން ގަބޫލްކުރާމީހަކީ ދީނުންބޭރުވާވަރުގެ ފާފައެއް. ބާބާއެއް ތާތާއެއް ކިޔާ އެމީހުން މަސްހޫރުކުތަން ލިއުންތެރިޔާ ކުރި މަސައްކަތަކީ ވަރައް ނާތަހުޒީބް ދީނާ ދުރު އަމަލެއް

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

6 ގަޑިއިރު ކުރިން - 12:02

އަންނަ ސެޕްޓެމްބަރު 15 އިން ފެށިގެން ތައިލޭންޑުގައި ވިސާއާ ނުލައި ދިވެހިންނަށް 30 ދުވަހު ތިބެވޭނެ

ތައިލޭންޑުގައި ވިސާއާ ނުލައި ދިވެހިންނަށް 30 ދުވަހު ތިބެވޭގޮތް ހަދައިފި

6 ދުވަސް ކުރިން - 12:52

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

9 ދުވަސް ކުރިން - 15:07

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

9 ދުވަސް ކުރިން - 09:01

"ސީރިއަން ޑިމޮކްރެޓިކް ފޯސަސް" އުވާލައިފި

"ސީރިއަން ޑިމޮކްރެޓިކް ފޯސަސް" އުވާލައިފި

14 ދުވަސް ކުރިން - 23:28

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57