މާވަށުގައި މީހަކު މަރާލި މައްސަލާގައި މީހަކު ހއްޔަރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހަައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ) އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި ހާދިސާ ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިއަދު 10:12 ހާއިރުކަމަށެވެ. އަދި މި މާރާމާރީއަކީ ދެމީހެއްގެ މެދުގައި ހިނގި މާރާމާރީއެއް ކަމަށާއި، އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައިކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާގޮތުގައި މި މާރާމާރީ ހިނގައިފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެންނެވެ. މި ހާދިސާގައި މަރުވެފައިވަނީ ނަލަހިޔަ/ ލ.މާވަށް، މޫސާ އިބްރާހީމް (29އ) އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.