ކުރިއަށް އޮތް ދެ ދުވަހު މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުން ބުނީ މެދު ރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް މިއަދު ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި، މާދަމާ އާއި ބުދަ ދުވަހު މުޅި ރާއްޖެއަށް ވިއްސާކުރާނެ ކަމަށެވެ.
މެޓުން ބުނީ ރާއްޖެއަށް މިހާރު ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އަދި އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ އަންނަ ބުދަ ދުވަހު ކަމަށް މެޓުން ބުނެފައިވެއެވެ.
މެޓުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ވަރަށް ގަދަވުން އެކަށީގެންވާ ކަމަށެވެ.
ވައި ޖެހޭނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އަދި އެހެން އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
މޫސުން ގޯސްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ. ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ފުރުމަށާއި، ވަރަށް މޫސުން ގޯސްނަމަ ކަނޑު ދަތުރުތައް ނުކުރުމަށް ވެސް އިލްތިމާސްތައް ކުރެއެވެ.