ލ. މާވަށުގައި މީހެއްގެ ކަރަށް ވަޅި ހަރާލައި މަރާލައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި ހާދިސާ ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިއަދު 10:12 ހާއިރުކަމަށެވެ.
އަދި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައިކަމަށް ބުންޏެވެ.
އެނގިފައިވާގޮތުގައި އެމީހާ މަރުވީ ކަރަށް ވަޅިހެރުމުންނެވެ. އޭނާއަށް ހަމަލާދިނީ ރަށުން ބޭރުން އައިސްގެން އުޅުނު އެހެން ރަށެއްގެ މީހެއް ކަމަށްވެ އެވެ.
މި ހާދިސާގައި މަރުވެފައިވަނީ ނަލަހިޔަ/ ލ.މާވަށް، މޫސާ އިބްރާހީމް (29އ) އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.