ހިތްގައިމު ހަރަކާތްތަކާއެކު މިރޭ 9 ޖަހާއިރު ފުޅަނދުބުރު ފަށަނީ

އަައިޝަތު ޒީނާ | 18 ގަޑިއިރު ކުރިން - 27 ޖުލައި 2025 19:02
2023 ވަނަ އަހަރު ބޭއްވި ފުޅަނދުބުރުގައި، އެމްއޭސީއެލް އިން ތައްޔާރުކުރި ފުޅަނދެއް. / ފޮޓޯ: ރައީސް އޮފީސް
2023 ވަނަ އަހަރު ބޭއްވި ފުޅަނދުބުރުގައި، އެމްއޭސީއެލް އިން ތައްޔާރުކުރި ފުޅަނދެއް. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ހަރަކާތުގައި އާންމުންގެ ސަމާލުކަން ލިބޭފަދަ ތަފާތު އުޅަނދުތަކާއި ހާއްސަކޮށް ކުޑަކުދިން ޝާއުގުވެރިވާނެ ފަދަ ތަފާތު ފުޅަނދުތައް ފެނިގެން ދާނެ.

ހިތްގައިމު ހަރަކާތްތަކާއެކު މިރޭ 9 ޖަހާއިރު ފުޅަނދުބުރު ފަށަން ތައްޔާރުވެއްޖެއެވެ.

މި ފުޅަނދުބުރު ބާއްވަނީ ދިވެހިރާއްޖޭގެ 60 ވަނަ ފަހުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައެވެ.

މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައި ރަސްފަންދު ސަރަހައްދުންނެވެ. ފުޅަނދުބުރު ދަތުރުކުރާނީ މަޖީދީ މަގުން އިރަށެވެ. އަދި ފުޅަނދުބުރު ނިންމާލުމަށް ހަމަޖެހިފައިވަނީ ހެންވޭރު ބްރިޖު ސަރަހައްދުންނެވެ.

މި ހަރަކާތުގައި ސަރުކާރު ހިއްސާވާ ގިނަ އަދަދެއްގެ ކުންފުނިތައް ބައިވެރިވެއެވެ. އަދި އާންމުންގެ ސަމާލުކަން ލިބޭފަދަ ތަފާތު އުޅަނދުތަކާއި ހާއްސަކޮށް ކުޑަކުދިން ޝާއުގުވެރިވާނެ ފަދަ ތަފާތު ފުޅަނދުތައް ފެނިގެން ދާނެއެވެ.

މާލޭގެ މަގުތަކުގައި މިރޭ ފުޅަނދުބުރު ދައްކާލުމަށް ހަމަޖެހިފައިވާއިރު، މާދަމާ ހަވީރު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ވެސް ފުޅަނދުބުރު ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި ވަރަށް މަގުބޫލު ހަރަކާތެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%