Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މާލޭގެ ތޮށި މަރާމާތުކުރުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި

މާލޭގެ ތޮށި މަރާމާތުކުރުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި

އަހްމަދު އީޒާން
314 ދުވަސް ކުރިން - 27 ޖުލައި 2025 16:14
މާލޭގެ ބޭރު ތޮށި މަރާމާތުކުރުމަށް ޖަޕާނު ސަރުކާރުން ދޭ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ފޮރިން މިނިސްޓްރީ
މާލޭގެ ބޭރު ތޮށި މަރާމާތުކުރުމަށް ޖަޕާނު ސަރުކާރުން ދޭ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ފޮރިން މިނިސްޓްރީ
ޚުލާސާ

މިނިސްޓްރީން ބުނީ އެ 10.5 މިލިއަން ޑޮލަރަކީ މާލެ ވަށައި ލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ "ކޮންސްޓްރަކްޝަން ފޭސް"އަށް ދޭ އެހީ ކަމަށް.

މާލޭގެ ބޭރު ތޮށި މަރާމާތުކުރުމަށް ޖަޕާނު ސަރުކާރުން 10.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ އިއްޔެ ހަމަޖައްސައި ދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަޕާން ސަރުކާރުގެ އެހީގައި މާލޭ ވަށައި ލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއަށް ދިނުމަށް ހަމަޖެހިފައިވާ އެހީއާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް"ގައި ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.

އެކަމަށްޓަކާއި ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްގެ އާއި ފިނޭންސް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރާއި ޖަޕާން އެމްބަސީ އާއި ޖައިކާ އޮފީހުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Advertisement

Advertisement 1

ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިހާރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު، ޕާލަމަންޓްރީ ވައިސް މިނިސްޓާ ފޯ ފޮރިން އެފެއާޒް އިކުއިނޯ އަކިކޯ އެވެ.

މިނިސްޓްރީން ބުނީ އެ "އެކްސްޗޭންޖް އޮފް ނޯޓްސް"ގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ 10.5 މިލިއަން ޑޮލަރަކީ މާލެ ވަށައި ލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ "ކޮންސްޓްރަކްޝަން ފޭސް"އަށް ދޭ އެހީ ކަމަށެވެ.

މިނިސްޓަރު ހަލީލް ވިދާޅުވީ ޖަޕާނުގެ އެހީގައި ލާފައިވާ އެ ތޮށްޓަކީ ހަމައެކަނި ރައްކާތެރިކަމުގެ ބިނާއެއް ނޫން ކަމަށާއި އެ ބިނާއަކީ ދެ ގައުމުގެ ދުވަސްވީ ގާތް ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއް ކަމަށެވެ. އަދި 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ވެރިރަށް މާލެއަށް ލިބިގެންދިޔަ ރައްކާތެރިކަމަކީ މާލެ ވަށައި ލާފައިވާ އެ ތޮށި ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ގައުމު ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރުމުގެ މުނާސަބާ 2027 ވަނަ އަހަރު ފާހަގަކުރެވޭނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ހުޅުވާލެވިފައިވާ މިނިވަން އިންޑޯ ޕެސިފިކް ސަރަހައްދަކަށް ރާއްޖެއިން އަބަދުވެސް ތާއީކުރާނެ ކަމަށާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ޖަޕާނުން ރާއްޖެއަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޖަޕާންމިނިސްޓްރީ އޮފް ފޮރިން އެފެއާޒް(ކުރީގެ މިނިސްޓަރު) ޑރ. އަބްދުﷲ ހަލީލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖަޕާނުގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސްއާ މަހުލޫފް ބައްދަލުކުރައްވައިފި

ޖަޕާނުގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސްއާ މަހުލޫފް ބައްދަލުކުރައްވައިފި

9 ދުވަސް ކުރިން - 14:17

ޔޫއޭއީ އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

23 ދުވަސް ކުރިން - 12:11

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ މަޝްވަރާތައް އަވަސްކުރަނީ

23 ދުވަސް ކުރިން - 12:09

މިނިސްޓަރު އިރުތިޝާމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގަންނަވައިފި

މިނިސްޓަރު އިރުތިޝާމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް

25 ދުވަސް ކުރިން - 15:01

ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ޒިންމާދާރުކަމާއެކު ވާހަކަދެއްކުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި

ގައުމީ މަސްލަހަތުގައި ވާހަކަދައްކަންވާނީ ޒިންމާދާރުކަމާއެކު: ފޮރިން މިނިސްޓްރީ

27 ދުވަސް ކުރިން - 20:30

އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް ފެސިލިޓީ އެމްއެމްއޭއިން ދައްކައި ހަލާސްކޮށްފި

އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު ދައްކައިފި

43 ދުވަސް ކުރިން - 22:54